އިންޑިއާ އިން ދީފައިވާ ކަރަންސީ ސްވޮޕްގެ ހެޔޮ އަސަރު ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވަށް ކުރަމުން އައުމަކީ ހިތްހަމަޖެހޭ ކަމެއް ކަމަށް އެގައުމުން ބުނެފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިންޑިއާ އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅުގައި ރާއްޖޭގެ މަރުކަޒީ ބޭންކް އިން ވަނީ ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއެކު ބައިލެޓަރަލް ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ.
އެ އެއްބަސްވުމުގެ ދަށުން ދެ ކަރަންސީ ވިންޑޯއަކުން އެމްއެމްއޭއަށް ސްވޮޕް ނެގުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އެއީ އެމެރިކާ ޑޮލަރު/ޔޫރޯ އަދި އިންޑިއަން ރުޕީ ކަރަންސީ ވިންޑޯ މެދުވެރިކޮށެވެ.
އެގޮތުން، "ފްރޭމްވޯކް އޮން ކަރަންސީ ސްވޮޕް އެރޭންޖްމަންޓް ފޯ ސާކް ކަންޓްރީސް 2027 – 2024"ގެ ދަށުން އެމްއެމްއޭއަށް 400 މިލިއަން އެމެރިކާ ޑޮލަރުގެ އިތުރުން 30 ބިލިއަން އިންޑިއަން ރުޕީސްގެ އަދަދާ ހަމައަށް އެކި ފަހަރު މަތިން ސްވޮޕް ނެގޭނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު އެއް ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗް ރޭޓިންސް އިން ރާއްޖޭގެ ރޭޓިން "ސީސީ"ގައި ވަނީ ދަމަހައްޓައިފައެވެ. ފިޗުން ވަނީ ރާއްޖޭގެ ރިޒާވަށް ކުރިއެރުން އައިސްފައި ވަނީ އިންޑިއާ އިން ދީފައިވާ ކަރަންސީ ސްވޮޕްގެ ސަބަބުންކަން ފާހަގަކޮށްފައެވެ.
އެކަމާއި ގުޅިގެން އިންޑިއާ ހައި ކޮމިޝަނުން އެކްސްފައި ކޮށްފައިވާ ޕޯސްޓެއްގައި ބުނީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް އިތުރުވުމުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އާރުބީއައި މެދުވެރިކޮށް ހަމަޖައްސައިދިން ކަރަންސީ ސްވޮޕް ފެސިލިޓީގެ މުހިންމުކަން ފިޗުން ވެސް ފާހަގަކޮށްފައިވާ ކަމަށް ބުނެފަ އެވެ.
އަދި ރާއްޖެ އަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ހޯދައިދީ، ރިޒާވް އިތުރުވުމުގައި އިންޑިއާ އިން ފޯރުކޮށްދިން އެހީތެރިކަމަކީ، އިންޑިއާ އަށް ލިބުނު ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެ ޕޯސްޓުގައި ވެ އެވެ.
ޒަރޫރީ މުދާ އެތެރެކުރުމަށް އިންޑިއާއިން ރެކޯޑް މިންވަރެއްގެ ކޯޓާއެއް
ވަކިން ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި