ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރެވިގެން މިދަނީ ރާއްޖޭގެ ޝަރުއީ އެއްވެސް ކޯޓެއްގެ ފުރާޅުން ވެސް ޓިނު ނުނަގާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް ގދ. ގައްދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ސިޔާސީ ބޭނުމުގައި އެއްވެސް މީހަކު ހައްޔަރު ނުކުރާނެކަމުގެ ޔަގީންކަން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވެފައި ވާނެ ކަމަށެވެ. އެހެންނަމަވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ބޭފުޅުން އެގޮތް އޭރު ގަބޫލު ނުކުރައްވާ ކަމަށާއި އެއީ އެޕާޓީގެ ސިޔާސަތަކަށް ވާތީ ކަމަށް ރައީސް ވިދާޅުވިއެވެ.
ދެހާސް އަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކުރިމަތިވިއިރު ރާއްޖޭގެ ސިޔާސީ އެތައް ލީޑަރުންތަކެއް ހައްޔަރުކޮށް ޖަލުގެ ކުޑަ ގޮޅިއަށް ލާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އެހެންނަމަވެސް ފަސް އަހަރުގެ ދައުރެއް އަޅުގަނޑުމެން މި ނިންމަނީ އެއިން އެއްވެސް ކަމެއް ނުކޮށް. ސިޔާސީ އެއްވެސް ލީޑަރަކު ސިޔާސީ ބަންދެއްގައެއް ނުހުންނާނެ. އެންމެ ކޯޓެއްގެ ވެސް ފުރާޅެއްގެ ޓިނެއް ނުނަގަން. އެންމެ ކޯޓެއްގެ ވެސް،" ކުރީގެ ރައީސް ޔާމީންގެ ސަރުކާރުން ސުޕްރީމް ކޯޓުގެ ފުރާޅުން ޓިނު ނެގި މައްސަލައަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް ޔާމީންގެ ސަރުކާރާއި މި ސަރުކާރާއި ހުރި ތަފާތުތަކުގެ ވާހަކަތައް ހިއްސާ ކުރައްވަމުން ރައީސް ވިދާޅުވީ 19ވަނަ ރައްޔިތުން މަޖިލީހަށް 321 ފަހަރު ވަޒީރުން ހާޒިރުކޮށްފައިވާ ކަމަށެވެ. ލިޔެފައި ފޮނުވާ ސުވާލުގެ އިތުރުން ކޮންމެ ސުވާލެއް ކުރިޔަސް، ޖަވާބު ދެއްވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ކުރީގެ ޔާމީން ސަރުކާރުގައި މަޖިލީހަށް އެމަނިކުފާނުގެ ވަޒީރުން ހާޒިރު ކުރެވިފައި ވަނީ އެންމެ 58 ފަހަރު ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ދެ ސަރުކާރުގެ ހުރި ކުޑަ ތަފާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
އެއަށް ވުރެ އެއްލައްކަ ގުނަ ނުބައި ތިޔަބައިމީހުން ނަށްﷲ ދެރަގޮތް މެދުވެރި ކުރައްވާށި
އައި5 އަހަރުގެ ދައުރެއްނިންމާލީ ތިއަ ކޯޓުޓެއްގެ ފުރާޅުން ޓިނު ނެގުމަށްވުރެ މާބޮޑު އަނިޔާ އާ މާބޮދު ޖރީމާއެއް ހިންގައިގެން ރޔާމީން ރަހީނުކޮށްގެން ތި ގެންގުޅުނީ ފާޑުފާޑުގެ އަނގަ ނުހެލިއްޔާ ރަނގަޅުވާނީ މާ މޮޅަށް vaahaka ދެއްކުންރެިވެގެން އުޅުނަކަސް ރައިއްޔަތުން މި ތިބީ ނިދާފައެއްނޫން އިގޭތޯ، ތިމާގެ ވެރިކަމުގެ ޖާހަށްޓަކާ މައުސޫމު ބޭފުޅެއްގެ އިސްތަށިފުޅުގާ އެތައްބަދުނާމެއް އަޅުވާ ތިމާނޫން މީހަކުނެތިގެން ތި ފުމެނަގަނީ ތިމާޔަށް ހަމަ ލިބިފާވާ ބާރެއްގެ ބޮޑުކަމުންތޯ، އެތައްބައެއް ށާމިލުވާ ކަމެއްގާ އެ އެންHama
ޓިނު