އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދިނުމަށް އެދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އަރިހުގައި ދަންނަވާފައިވާނެ ކަމަށާއި އެކަމާއި މެދު ވިސްނަވާނެ ރައީސް ވިދާޅުވި ކަމަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ޕީއެންސީގެ ފަރާތުން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރިޔާސީ ޓިކެޓު ލިބިވަޑައިގެންނެވި ފަހުން ބޭއްވި ޑރ. މުއިއްޒު މިރޭ ވަނީ ނޫސްވެރިންނާއި ފުރަތަމަ ފަހަރަށް ބައްދަލުކުރައްވާފައެވެ. ޕީޕީއެމް/ޕީއެންސީގެ މުޅި ލީޑާޝިޕާއެކު މުއިއްޒު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ ރައީސް ޔާމީނަށް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާއި ގުޅިގެން ރައީސް ސޯލިހަށް ގުޅުއްވާފައި ވާނެ ކަމަށެވެ.
"އަޅުގަނޑު ގުޅިން. ގުޅާފައި ރައީސް ސޯލިހަށް ދެންނެވިން ތިބޭފުޅުން ބޭނުންފުޅުވި ގޮތް މިހާރު ވެއްޖެ ނޫންތޯއޭ، ރައީސް ޔާމީނަށް އިންތިހާބުގައި ވާދައެއް ނުކުރެއްވޭނެއް ނޫންތޯއޭ. ދެން ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވަން އާދޭސްކޮށް އަޅުގަނޑު ދަންނަވަމޭ،" ޑރ. މުއިއްޒު ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ ރައީސް ޔާމީން ޖަލުގައި ހުންނެވުމަކީ އެމަނިކުފާނުގެ އާއިލާ އަށް ވެސް ލިބިގެންދާ ވަރަށް ބޮޑު ނިކަމެތި ކަމެއްކަން ރައީސަށް ދަންނަވާފައި ވާނެ ކަމަށެވެ. މުއިއްޒު ވަނީ ރައީސް ޔާމީން ގެއަށް ބަދަލު ކޮށްދެއްވުމަށް އެދި ރައީސް ސޯލިހު އަރިހުގައި ތަކުރާރުކޮށް އާދޭސް ދަންނަވާފައި ވާނެ ކަމަށް ވިދާޅުވެފައެވެ.
މުއިއްޒު ވިދާޅުވީ އެކަމާއި ގުޅޭ ގޮތުން ވިސްނަވާނެ ކަމަށް ރައީސް ސޯލިހު އެމަނިކުފާނުގެ އަރިހުގައި ވިދާޅުވި ކަމަށެވެ.
ތަފްސީލް އަންނަނީ....
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި