ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ގްރީންސްޓްރީޓްސްގެ ކުޅުންތެރިންތަކަކަށް މިހާރު ފެތުރެމުންދާ ރޯގާއާއި ހުން ޖެހި މިރޭގެ ދިވެހި ޕްރިމިއާ ލީގު މެޗު ކުޅެވޭ ވަރަށް ކުޅުންތެރިން ހަމަނުވުމުން ދަނޑަށް ހާޒިރުވެފައި ނުވާތީ އެ ޓީމު ކުޅެން އޮތް މެޗުން ޓީސީ މޮޅުވީ ކަމަށް ނިންމައިފިއެވެ.
ގްރީންސްޓްރީޓުން ވަނީ އެ ޓީމުގެ ކުޅުންތެރިންނަށް މިހަރާކަށް އައިސް ފެތުރޭ ރޯގާ ޖެހިގެން ބަލިވެފައިވާ ކަމަށް ބުނެ މެޗު ކުޅެވެން ނެތްކަމަށް މުބާރާތުގެ އިންތިޒާމީ ކޮމިޓީއަށް އަންގައިފައެވެ. އެކަމާ ގުޅިގެން އެފްއޭއެމްގެ އޮފިޝަލް އަބްދުﷲ ޝިބާއު (ޝިބާ) މިރޭ އެފްއޭއެމްގެ މީޑިއާ ގުރޫޕުގައި ވިދާޅުވީ ގްރީންސްޓްރީޓުން އެކަން އަންގާފައި އޮތް ނަމަވެސް އެ ޓީމުން ދަނޑަށް ހާޒިރުވެފައި ނުވާތީ އެ މެޗުން ގްރީންސްޓްރީޓް ފޯފިޓް ކުރީ ކަމަށް ނިންމާފައިވާ ކަމަށެވެ.
"މިހާރު މާލޭގައި ފެތުރެމުންދާ ރޯގާ ޖެހިގެން ގިނަ ކުޅުންތެރިންތަކެއް ބަލިވެ އުޅޭކަމަށް ކްލަބް ގްރީންސްޓްރީޓުން އަންގާފައިވީ ކަމުގައި ވިޔަސް މިރޭ ކުޅެން ހަމަޖެހިފައިވާ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު ފަށައި ގަޑިއަށް ކުލަބް ގްރީންސްޓްރީޓްސް ހާޒިރުވެފައި ނުވާތީވެ މި މެޗު ކުލަބު ގްރީންސްޓްރީޓުން ފޯފިޓް ކޮށްފައިވާ ކަމަށް މުބާރާތު ކޮމިޓީއިން މުބާރާތުގެ ގަވާއިދާ އެއްގޮތަށް ނިންމާ ޓީސީ ސްޕޯޓްސް އަށް މެޗު ލިބުނު ކަމަށް ނިންމާފައިވާ ވާހަކަ ދަންނަވަމެވެ." މިރޭ ޝިބާ އެފްއޭއެމްގެ މީޑިއާ ގުރޫޕުގައި ލިޔެފައިވެއެވެ.
ރޯގާގެ ސަބަބުން ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން މާޒިޔާއާ ދެކޮޅަށް ކުޅެން އޮތް މެޗަށް ވެލެންސިއާ ކުޅުންތެރިންވެސް ހާޒިރު ނުވެގެން އެ މެޗު ވެސް ވަނީ މިފަހުން މާޒިޔާ މޮޅުވީ ކަމަށް ނިންމާފައެވެ.
މިފަހުން މާލޭގައި ފެތުރެން ފެށި ރޯގާގެ ސަބަބުން މިނިވަންދުވަހުގެ ބައެއް ހަރަކާތްތައް ވެސް ކެންސަލްކޮށްފައިވާ އިރު، މިނިވަންދުވަހުގެ ހަރަކާތަށް ގަލޮޅު ދަނޑު ބޭނުންކުރާތީ ދިވެހި ލީގު މެދުކެނދުމަކަށްފަހުފެށުމަށް ފެށީ މިދިޔަ ހަފުތާގެ ތެރޭގައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ