އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ރަށްވެހި ވެފައިވާ ރަށް ނޫން އެހެން ތަންތަނުގައި ވޯޓުލާން 35،849 މީހަކު ރީ ރަޖިސްޓްރީވެފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފިއެވެ.
ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނަކަށް ވޯޓުލުމަށް ރަޖިސްޓްރީވުމަށް ހުށަހަޅާފައިވާ ފޯމުތަކުގެ ތަފްސީލު އެ ކޮމިޝަނުން އިއްޔެ އާންމުކޮށްފައިވާއިރު އޭގައިވާ ގޮތުން އޮންލައިންކޮށް 22،882 ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 18،086 ފަރާތެއް ރަޖިސްޓްރީ ކޮށްދެވިފައިވާ ކަމަށާއި، ފޯމު މެދުވެރިކޮށް 19،985 ރަޖިސްޓްރީކުރަން ހުށަހަޅާފައިވާއިރު 17،761 ފަރާތެއް ރަޖިސްޓާ ކޮށްފައިވާ ކަމަށެވެ.
އެއާއެކު ޖުމްލަ 42،867 ލިބިފައިވާ ކަމަށާއި އޭގެ ތެރެއިން 35،849 ފަރާތެއް ރަޖިސްޓާ ކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.އިންތިހާނބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބޭއިރު ހަ ސަތޭކައަށްވުރެ ގިނަ ވޯޓުފޮށި ބަހައްޓާން ޖެހޭ ކަމަށް އީސީން ބުނެއެވެ.
މި ފަހަރުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ އިންޑިއާގެ ޓްރިވަންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަ ލަމްޕޫރު އިނގިރޭސިވިލާތުގެ ލަންޑަނުގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައެވެ.
މި ފަހަރުގެ އިންތިހާބުގައި ރާއްޖެއިން ބޭރުގެ ފަސް ގައުމެއްގައި ވޯޓު ފޮށި ބަހައްޓާނެއެވެ. އެއީ އިންޑިއާގެ ޓްރިވަންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝިޔާގެ ކުއަލަ ލަމްޕޫރު އިނގިރޭސިވިލާތުގެ ލަންޑަނުގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫދާބީގައެވެ.
އިންތިހާބަށް ކުރިމަތިލާ ކެނޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުން އޮންނާނީ މާދަމާ ހަވީރު 16:30 އިންތިހާބާ ބެހޭ މަރުކަޒު، ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގައެވެ. އިންތިހާބަށް ކެންޑިޑެސީ ފޯމް ހުށަހެޅުން އިއްޔެ ދޭއްގެ ނިޔަލަށް ހަމަވެފައިވާއިރު އަށްކެނޑިޑޭޓަކު ފޯމް ހުށަހަޅާފައިވެއެވެ.
ސިޔާސީ ޕާޓީން ވާދަކުރާ ފަސް ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ ތިން ކެންޑިޑޭޓުންނެވެ. މިއި ރިޔާސީ އިންތިހާބެއްގައި ކެނޑިޑޭޓުން އެންމެ ގިނައިން ވާދަކުރާ ފުރަތަމަ ފަހަރެވެ.
ސިޔާސީ ޕާޓީތަކުން ވާދަކުރަނީ، އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުމްހޫރީ ޕާޓީގެ ފަރާތުން ގާސިމް އިބްރާހިމް، ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު، ދަ ޑިމޮކްރެޓްސްގެ ފަރާތުން އިލްޔާސްގެ ލަބީބް އިތުރުން އެމްއެންޕީގެ ފަރާތުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. އަމިއްލަ ގޮތުން ވާދަކުރައްވާ ބޭފުޅުންނަކީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު ފާރިސް މައުމޫނުގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލެވެ.