ކުރީގެ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމާއި އެ ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ފަސްކޮށް, އެމަނިކުފާނު ވަގުތީ ގޮތުން މިނިވަންކުރަން އެމަނިކުފާނުގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމްތަކާއި އެ ހުކުމާ އެކު އޮތް ޖޫރިމަނާގެ ސަބަބުން ޔާމީނަށް ވަނީ އަންނަ މަހުގެ ރިޔާސީ އިންތިހާބުން ފުރުސަތު ގެއްލިފަ އެވެ. އެއީ ރައީސްކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ދެ ޝަރުތެއް އުނިވެފައި ވާތީ އެވެ.
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލާގައި އެމަނިކުފާނުގެ ފަރާތުން ހައި ކޯޓުގައި އިއްޔެ އެދުނީ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް އިސްތިއުނާފް ނިމެންދެން ފަސްކުރުމުގެ އަމުރަކަށެވެ. އެ އަމުރު ނެރެދީފިނަމަ އިސްތިއުނާފް ނިމެންދެން ވަގުތީ ގޮތުން ޔާމީން މިނިވަންވެ ވަޑައިގަންނަވާނެ އެވެ.
މިގޮތަށް ޔާމީން އެދިވަޑައިގަތްއިރު އެމަނިކުފާނުގެ ކިބައިން ޖޫރިމަނާގެ ފައިސާ ހޯދަން ދައުލަތުން އިއްޔެ ވަނީ ސިވިލް ކޯޓަށް މައްސަލަ ވައްދައިފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ހައިކޯޓްގައި މައްސަލަ އިސްތިއުނާފުގައި ވައްދާފައިވާ އެންމެންވެސް މިނިވަންވާން ޖެހެއެވެ. ޔާމީނަށް ވަކިގޮތެއް ޖަލުގައި ހުކުންކޮށްފައިތިބި އެހެން މީހުނަށް ވަކިގޮތެއް އޮވެގެން ނުވާނެއެވެ. މިހާރު ޔާމީނަކީ ނިހާއީ ހުކުމެއް ތަންފީޒުކުރަމުންދާ މުޖްރިމެކެވެ. ޝަރީއަތުން އިއްވާ އެމީހަކު ބޭނުންއިރަކުން ތަންފީޒު ކުރަން އިޚްތިޔާރެއް އޮންނަކަމަކަށް ނުހެދޭނެއެވެ.
އަލިފުތު