ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި ކުރީގެ ބަންޑާރަ ނާއިބު ޑރ. މުހައްމަދު މުނައްވަރު އިންތިހާބުގައި ވާދަ ނުކުރައްވަން ނިންމަވައިފިއެވެ.
މުނައްވަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރަން އެމަނިކުފާނު ނިންމަވާފައިވާ ކަމަށެވެ.
"އަޅުގަނޑަށް އެއްބާރުލުން ދެއްވައި، ހިތްވަރު ދެއްވައި، ސޮއި ދެއްވި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ތައްޔާރުވުމުގެ މަސައްކަތުގައި އަޅުގަނޑަށް އެހީތެރިވެދެއްވި ހުރިހާ ފަރާތްތަކަށް ވެސް ޝުކުރު ދަންނަވަނ،" މުނައްވަރުގެ ޓްވީޓުގައިވެއެވެ.
މީގެ ފަސް ވަރަކަށް މަސް ކުރިން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރެއްވި ޑރ. މުނައްވަރު އިންތިހާބުގައި ވާދަ ނުކުރަން ނިންމި ސަބަބެއް ހާމައެއް ނުކުރެއެވެ. ނަމަވެސް މުނައްވަރު ވާދަ ކުރައްވަން އޭރު ނިންމެވީ އަމިއްލަ ގޮތުންނެވެ.
މި އިންތިހާބުގައި މުނައްވަރު ވާދަ ނުކުރައްވާ ނަމަ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ކުރިމަތިލައްވާނެ ހަމައެކަނި ކެންޑިޑޭޓަކީ އުމަރު ނަސީރެވެ.
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި
ކުރީގެ ރައީސުން މުޒާހަރާ ކުރަން ނިކުންނައިރު ސެކިއުރިޓީ ކަނޑާލަނީ
މަޝްރޫއު އަވަސްކުރަން ޚާއްސަ ޔުނިޓު އުފެއްދުމަކީ ސަރުކާރު ފެއިލްވުން
ސިނގިރޭޓުގެ އަގު ހެޔޮކުރާ ބިލު މުޅި މަޖިލީހުގެ ކޮމެޓީން ފާސްކޮށްފި
މަޝްރޫއުތައް ނިންމަން މިނިސްޓްރީތަކުގައި ހާއްސަ ޔުނިޓެއް
އިންޑަސް ކޭޗްމަންޓް ސަރަޙައްދުގެ ފެނުގެ ބަހުސް އަލުން ވަޒަންކުރުން
ފާރިސް ވެސް އަމިއްލަ ގޮތުން
ޙިމް