ރިޔާސީ އިންތިހާބުގައި އަހުމަދު ފާރިސް މައުމޫން ވާދަކުރައްވާނީ އަމިއްލަ ގޮތުން ކަމަށް ރަސްމީކޮށް އިއުލާނުކުރައްވައިފި އެވެ.
ފާރިސް ވަނީ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރެއްވުމަށް 1،500 މީހުންގެ ސޮއި ވެސް ހަމަކުރައްވައިފަ އެވެ.
ފާރިސް މިއަދު އާއްމު ކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވީ އިންތިހާބުގައި އަމިއްލަގޮތުން ވާދަ ކުރައްވަން ނިންމެވީ ރައްޔިތުން އެދޭ ގޮތުގެ މަތިން ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި ކަމަށެވެ.
"ލޮބުވެތި، އެކުވެރި ދިވެހި ރައްޔިތުން އެދިވަޑައިގަންވާ ގޮތުގެ މަތިން، ދިވެހި ރާއްޖޭގެ ކަންކަން އިސްލާހު ކުރުމުގެ މާތް މަގުސަދުގައި މާތް ރަސްކަލާނގެ ވާގިފުޅާ އެކު، މި އަހަރުގެ ރިޔާސީ އިންތިހާބުގައި އަޅުގަނޑު އަމިއްލަ ގޮތުން ވާދަ ކުރަން ނިންމި ވާހަކަ، ތިޔަ ބޭފުޅުންގެ މައުލޫމާތަށް ޓަކައި ހިއްސާކުރަން،" 30 ސިކުންތުގެ ކުރު ވީޑިއޯ މެސެޖްގައި އޭނާ ވިދާޅުވި އެވެ.
އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ފާރިސް އެންމެ ފުރަތަމަ ނިންމެވީ އެމްއާރުއެމްގެ ޓިކެޓުގައި ވާދަ ކުރެއްވުމަށެވެ. ނަމަވެސް ގާނޫނުގައި ބުނާ އަދަދު، 3،000 މެމްބަރުން ހަމަނުވާ ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އެމްއާރުއެމް އުވާލަން ނިންމައިފަ އެވެ.
ފާރިސް އިންތިޚާބުގައި ވާދަކުރައްވަން ނިންމެވިއިރު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވެސް ކޯލިޝަން ހެދުމުގެ ދައުވަތު އެމްއާރުއެމަށް ދެއްވައިފަ އެވެ.
ނަމަވެސް، މި ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ އެމްއާރުއެމުން ވަނީ އެ ދައުވަތު ގަބޫލުނުކުރަން ނިންމައިފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ