ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ފަރާތުން ވާދަކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ރަނިން މޭޓަކަށް ޑރ. އަމީން އިބްރާހީމް ހަމަޖައްސައިފިއެވެ.
އެކަން ރަސްމީކޮށް މިއަދުގެ ވަގުތެއްގައި ޖޭޕީން އިއުލާންކުރާނެ ކަމަށް ބެލެވެއެވެ.
ޖޭޕީގެ ޑެޕިއުޓީ ލީޑަރުގެ މަގާމުވެސް އަދާކުރައްވަމުން ގެންދަވާ ޑރ އަމީން އަކީ ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. ދާދި ފަހުން ބިޒްނަސް އެޑްމިނިސްޓްރޭޝަނުން ޕީއެޗްޑީ ހާސިލްކުރައްވާފައިވާ އަމީނަށް ކުރީ ސަރުކާރުގައި ކުރިމަތިވި ފިއްތުންތަކާއި ގުޅިގެން އިނގިރޭސިވިލާތުގައި އަމިއްލައިން އަރުވާލެވިގެން ހުންނެވިއެވެ.
އަމީނަށް ވަނީ 2008 ވަނަ އަހަރު އާއްމު ހިދުމަތުގެ އިނާމު ވެސް ލިބިވަޑައިގެންފައެވެ.
ޖޭޕީއަކީ މި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ ޕާޓީއަކަށްވީ ނަމަވެސް ސަރުކާރާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ވަކިން އިންތިހާބުގައި ވާދަކުރަން ނިންމައި އިދިކޮޅު ޕާޓީތަކާއެކު ކޯލިޝަނެއް ހެދުމަށް މަޝްވަރާތަކެއް ކުރެވުނެވެ. ޖޭޕީއާއި އެމްއެންޕީ އަދި ޑިމޮކްރެޓުން ވެގެން ކޮމަން ކެނިޑޭޓެއް ނެރެންވެސް މަޝްވަރާތަކެއް ކުރެވުނެވެ. އެކަމަކު ޕީޕީއެމް/ޕީއެންސީ އިން އެކަމަށް އެއްބަސްނުވެވެމުނު މަޝްވަރާތައް ހުއްޓުމަކަށް އައެވެ. އެހެންވެ ޕާޓީތަކުން ނިންމީ ވަކި ކެނޑިޑޭޓަކު ނެރެންށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ