އިއްޔެ ރާއްޖޭގެ ދެކުނާއި މެދު ރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް އުދައެރީ ބޮޑު ދިޔަވަރު (ކިންގް ޓައިޑް) އާއި ރާއްޖޭގެ އޮޔާއި ވަޔާއެކު ރާޅުބާނީގެ އުސްމިން ހަ ފޫޓާ އަށްފޫޓާ ދެމެދު އުފުލުނު ކަމަށް މޯލްޑިވްސް މީޓިއޮރޮޖިކަލް ސާވީސް (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުވެސް ދިޔަވަރު ބޮޑުވާ ގަޑީގައި ބައެއް ރަށްތަކަށް އުދަ އަރާނެކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ ހުރިހާ ފަރާތްތަކުން ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ބައެއް އަތޮޅުތަކަށް އުދައެރި ނަމަވެސް މި މަހު ރާއްޖޭގެ މޫސުމަށް ބަލާއިރު އުތުރުގެ ބައެއް ހިސާބުތަކަށް އާންމުކޮށް ވެހޭ ވަރަށްވުރެން ތަންކޮޅެއް ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ރާއްޖޭގެ ބޮޑު ސަރަހައްދުތަކަށް ވެހޭނީ މި މަހު ވެހޭ ވަރަށްވުރެ ތަންކޮޅެއް މަދުންނެވެ. ރާއްޖޭގެ ސަރަހައްދުގެ ފިނި ހޫނުމިން މި ދުވަސްވަރު އާއްމުކޮށް ހުންނަވަރަށް ވުރެން ކުޑަތަންކޮޅެއް މަތިވާނެ ކަމަށް ދައްކާ ކަމަށް މެޓުން ބުންޏެވެ.
ކުރިއަށް އޮތް ގަޑިތަކުގައި ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 6 މޭލާއި 16 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ކެރިގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށް މެޓުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ