އަންނަ މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރަނިން މޭޓަކަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރުން މުހައްމަދު އަސްލަމް ހަމަޖައްސައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ރަނިންމޭޓަކަށް ކަނޑައެޅުމާއެކު، އަސްލަމް ވަނީ މިހާރު ކުށުގެ ރެކޯޑު ސާފު ކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އަށް ހުށަހަޅުއްވައިފައެވެ.
ރަނިން މޭޓަކަށް އަސްލަމް ކަނޑައެޅުމާއި ގުޅޭ ގޮތުން އެމްޑީޕީގެ ރައީސް ސޯލިހުގެ ކެމްޕޭނު މެނޭޖަރު މުހައްމަދު ނާޝިޒަށް ގުޅާލުމުން ފޯނު ނުނަންގަވާތީވެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.
މަޖިލީހުގެ 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ އަސްލަމް ރަނިން މޭޓަކަށް ހަމަޖައްސާފައިވާއިރު އެންމެ ފުރަތަމަ އަޑުފެތުރު ގޮތުންނަމަ ރައީސްގެ ރަނިން މޭޓެއްގެ ގޮތުގައި ހަމަޖައްސަވާނީ ނައިބް ރައީސް ފައިސަލް ނަސީމްއެވެ. ރަނިންމޭޓުކަމުގެ ޝައުގުވެރިކަން ހުންނެވިކަން ފައިސަލް ވަނީ ފާޅުކުރައްވާފައެވެ.
މި ފަހަރުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރަނީ އަދާލަތު ޕާޓީއާއި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ގެ އެމްޑީއޭއާކު ކޯލީޝަނަކުންނެވެ. ކެމްޕޭނު ދަތުރުތަކުގައި ރަށްރަށަށް ވަޑައިގެން ބާއްވާ ޖަލްސާތަކުގައި ރައީސް ވިދާޅުވަމުން ގެންދަވަނީ މި ފަހަރުގެ އިންތިހާބު އެއްބުރުން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. ނަމަވެސް އެންމެ ބޮޑު އެއް ޗެލެންޖަކީ އިދިކޮޅު ޕީޕީއެމްކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ