ހުޅުމާލޭގައި އިތުރު 4،000 ފްލެޓް އެޅުމަށް ފަހިދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހަވާލުކުރިޮ އިންޑިއާގެ ކަލްޕަޓަރު ޕްރޮޖެކްޓްސް އިންޓަނޭޝަނަލް ލިމިޓެޑް (ކޭޕީއައިއެލް) އަކީ ވޯލްޑު ބޭންކުންނާއި މާލީ އިދާރާތަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކުންފުންޏެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަ އެސްޑީއެފުން ދޮގުކޮށްފިއެވެ.
އެ މަޝްރޫއު ކޭޕީއައިއެލްއާ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކުރީ އިއްޔެއެވެ. މަސައްކަތް ނިންމަން އެކުންފުންޏަށް ދިނީ 37 މަސް ދުވަސް ދީފައިވާއިރު މިއީ 2.65 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެ ކުންފުންޏާ ހަވާލުކުރި މަޝްރޫއާ ގުޅޭ ގޮތުން ނޫހަކުން ރިޕޯޓްކޮށްފައިވާ ހަބަރަށް ރައްދު ދެއްމުން އެފްޑީސީން މިއަދު ބުނީ ކޭޕީއައިއެލް އަށް ދަތިކުރުމުގެ ފިޔަވަޅުތައް ވޯލްޑް ބޭނުންކުން އެޅީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި 12 މަހާއި އެއް ދުވަހަށް ކަމަށެވެ. ދަތިކުރުމުގެ ފިޔަވަޅުތައް ކުޑަކުރީ ވޮލަންޓަރީ ރިމެޑިއަލް އެކްޝަންތަކުގެ ސަބަބުންކަމަށް އެޗްޑީއެފްސީން ބުންޏެވެ. އެއީ ވޯލްޑް ބޭންކް ގްރޫޕްގެ މުއައްސަސާތަކުން ފައިނޭންސް ކޮށްގެން ހިންގާ ޕްރޮޖެކްޓްތަކާއި އޮޕަރޭޝަންތަކުގައި ކަލްޕަޓާރު ޕަވާ ޓްރާންސްމިޝަނަށް ބައިވެރިނުވެވޭނެ ގޮތަށް ހަމަޖެއްސުމެވެ.
އެ ނޫހުގައި އޭޝިޔާ އަދި ޔޫރަޕުގެ އެހެން ބައެއް މާލީ އިދާރާތަކުންވެސް ކޭޕީއައިއެލްއަށް ފިޔަވަޅު އެޅި ކަމަށް ބުނާ ވާހަކަ އެޗްޑީއެފްސީން ދޮގުކުރެއެވެ.
"މި ދަތިކުރުމުގެ ފިޔަވަޅުއެޅުމުގައި އެހެން މާލީ އިދާރާއެއް ބައިވެރިވެފައެއް ނުވޭ. އަދި އެއީ އޮޅުވާލުމެއް ނޫންކަން ވެސް ފާހަގަކުރަން"
މި ވަގުތު އެ ކުންފުންޏާ ދެކޮޅަށް ވޯލްޑް ބޭންކުން އެއްވެސް ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައިނުވާ ކަމަށް އެފްޑީސީން ބުންޏެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު