އިދިކޮޅު ޕީޕީއެމުން ކޮންމެ ކެންޑިޑޭޓަކު ނެރުނު ކަމުގައިވިޔަސް، އެ ޕާޓީގެ ވެރިކަމުގައި ގެންގުޅުނު ސިޔާސަތު އަލުން ގެންގުޅޭނެ ކަމަށް އިޝާރާތްކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވާހަކަ ދައްކަވައިފިއެވެ.

ހދ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިރޭ ހަނިމާދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ޕީޕީއެމްގެ ސިޔާސަތު "އަޅުގަނޑުމެންނަށް ވަރަށް ސާފު" ކަމަށެވެ.

އެއަށްފަހު، ނިމިދިޔަ ޕީޕީއެމްގެ ވެރިކަމުގައި ކަންކުރެއްވި ގޮތް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.

އެއްވެސް ކަމެއް ސަރުކާރަށް އެ ދުވަހު ނުކުރެވޭ ހިޔާލުތަފާތުވާ މީހަކު ޖަލުގައި ބައިންދައިގެން ނޫނިއްޔަކާ. ބިރުވެރިކަމެއްގައި ރައްޔިތުން ތިބެން ޖެހެނީ
ރައީސް ސާލިހު
ހަނިމާދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގެ ތެރެއިން: ނުހެދިހުރި މަގުތައް ހަދާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވި -- ފޮޓޯ/ އެމްޑީޕީ

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި މީޑިއާތަކާއި ނޫސްވެރިން ހައްޔަރުކޮށް، ކުރިމަތިކުރި ފިއްތުންތަކާއި ޖޫރިމަނާތަކުގެ ވާހަކަތައް ވިދާޅުވުމަށްފަހު، ރައީސް ވިދާޅުވީ މި ވެރިކަމުގައި ނޫސްވެރިއަކާ ސުވާލުކޮށްލަން ވެސް ބަންދުގައި ބަހައްޓާފައި ވެސް ނުވާނެ ކަމަށެވެ.

އެހެން ބަޔަކު ވެރިކަމަށް އަތުވެއްޖެނަމަ، މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މާލެއަށް މީހުން ޖަމާކޮށް، އެއް ބާރުން، އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވައި ބާރުތައް ޖަމާކުރުމަށް ޕީޕީއެމުން ގެންގުޅޭ ސިޔާސަތަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ އެ ޕާޓީގެ ސިޔާސަތަކީ މުޅި ރާއްޖޭގެ ސިފަ ނައްތާލުން ކަމަށެވެ.

ހަނިމާދޫގައި މިރޭ ބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕެއިން ޖަލްސާގެ ތެރެއިން-- ފޮޓޯ/ އެމްޑީޕީ

"އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން ވިސްނާ ވަޑައިގެން 9 ސެޕްޓެމްބަރު ތިބޭފުޅުން މިހާރު ޓެސްޓުކޮށް ނިންމާފައި މި އޮތް ސަރުކާރަށް ވޯޓު ދެއްވާށޭ. މި ބޮޑު ތިލަދުންމައްޗަށް ދެން ވެސް ބޮޑު ބަދަލު ގެންނާނީ އަޅުގަނޑުމެން،" ޝާހިދު ވިދާޅުވިއެވެ.

ހަނިމާދޫއަށް ވެވަޑައިގެންނެވި ވައުދުތައް:

  • ހަނިމާދޫގެ ނުހެދިހުރި ހުރިހާ މަގެއް ހަދައިދޭނަން
  • ސްޕޯޓްސް ކޮންޕްލެކްސްއެއް އަޅައިދޭނަން
  • ޒަމާނީ ފެންވަރުގެ ދަނޑަކަށް ފުޓްބޯޅަ ބަދަލުކޮށްލަދޭނަން
  • ހުއްޓިފައިވާ މަޝްރޫއާ ގުޅިގެން، ހައުސިން ޔުނިޓް އެޅުމަށް އަލުން އިއުލާންކުރުން