ރަނިންމޭޓެއްގެ ގޮތުގައި އާ ބޭފުޅަކު ފެނިވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފުވައްމުލަކު ސިޓީ އާއި ށ. އަތޮޅު އަދި ހއ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމާލައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އައު ބޭފުޅަކު ވެސް ރަނިންމޭޓަކަށް ވަޑައިގަތުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނުގެ އަތްޕުޅުގައި ނަންތަކެއް އެބަހުރި ކަމަށެވެ.
"އަދި އަޅުގަނޑު ފައިނަލް ޑިސިޝަނެއް ނުނަގަން. އެކަމަކު އަޅުގަނޑު އަތުގައި ނަންތަކެއް އެބަހުރި. އަޅުގަނޑު އެކަން ނިންމާނީ އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރުމަށްފަހު. ފުރުސަތު އެބައޮތް. [މިހާރުގެ ނާއިބު ރައީސް ފައިސަލް ނަސީމް ރަނިންމޭޓަކަށް ވުމުގެ] އަދި އާ ބޭފުޅުންވެސް އެބަ ތިއްބެވި،" ރައީސް ވިދާޅުވިއެވެ.
ރައީސް ސޯލިހު ވިދާޅުވީ އިންތިހާބުގައި ވާދަކުރަނީ ކޯލިޝަނެއްގެ ތެރެއިން ކަމަށް ވާތީ ކޯލިޝަން ޕާޓީތަކުގެ މަޝްވަރާ ވެސް ރަނިންމޭޓަކު ކަނޑައެޅުމުގައި ހޯއްދަވާނެ ކަމަށެވެ.
"ނިންމައިގެން މިހުރީ އިރާދަކުރެއްވިއްޔާ މިއަދު ނޫނީ މާދަމާ ފައިނަލް ޑިސިޝަނެއް ނަގަން [ރަނިންމޭޓަކު ކަނޑައެޅުމަށް]،" ރައީސް ވިދާޅުވިއެވެ.
ކުރިޔަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް ފޯމު ހުށަހަޅުއްވާނެ ކަމަށާއި އެ ފޯމު ހުށަހަޅުއްވާނީ ރަނިންމޭޓަކު ކަނޑައެޅުއްވުމަށްފަހު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ