ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމާއި ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ކައުންސިލްގައި މަޝްވަރާ ކޮށްފިއެވެ.
އެގޮތަށް މަޝްވަރާ ކުރީ އެޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހީމްގެ އެދިލެއްވުމަކަށެވެ. އެހެންނަމަވެސް މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ އިއްތިފާގުން ނިންމީ ރައީސަށް ތާއީދު ކުރަން ނުފެންނަ ކަމަށެވެ. މިކަމުގެ އިތުރު ތަފްސީލު ހޯދާލުމަށް އެޕާޓީގެ ތަރުޖަމާން އަލީ ސޯލިހަށް "ހަތާވީސް" އިން ގުޅާލުމުން ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު ތަފްސީލު ވަނީ ލިބޭ ގޮތް ނުވެފައެވެ.
ޖޭޕީގެ ކައުންސިލަށް އެ ހުށަހެޅުން ގާސިމް ހުށަހެޅުއްވިއިރު އޭނާ އަކީ އެޕާޓީގެ ރިޔާސީ ކެންޑިޑޭޓެވެ. ގާސިމަށް ޖޭޕީ އިން މިހާރު ވަނީ ޓިކެޓު ވެސް އަރުވައިފައެވެ.
ރައީސް ސޯލިހު ސަރުކާރުގައި މިހާރުވެސް ޖޭޕީގެ ހިއްސާ އެބައޮތެވެ. އެޕާޓީ އަކީ 2018ވަނަ އަހަރު ރައީސް ސޯލިހު ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި ސިޔާސީ ޕާޓީއެކެވެ.
އެހެންނަމަވެސް މިއަހަރުގެ ތެރޭގައި ބޭއްވި އެޕާޓީގެ ކޮންގްރެސް އިން ނިންމީ ޖޭޕީން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރާނީ ވަކިން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ