ހުސްވި ޖުލައި މަހު ބޭރަށް ހިނގުމާއި ހޮޑުލުމުގެ 7،000 އަށްވުރެ ގިނަ ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭ އިން މިއަދު އާއްމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު އެކަނި ބޭރަށް ހިނގުމާއި ހޮޑުލުމުގެ 7،384 ކޭސް ރިޕޯޓު ކޮށްފައިވެއެވެ.
ދެހާސް އަށާރަވަނަ އަހަރުން ފެށިގެން 2023ވަނަ އަހަރާއި ހަމައަށް [ކޮވިޑްގެ ދެ އަހަރު ނުލާ] މިދިޔަ މަހަކީ ދެވަނަ އަށް އެންމެ ގިނައިން ހޮޑުލުމާ ބޭރަށް ހިންގުން ރިޕޯޓުކުރި މަހެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުގައި އެންމެ ގިނައިން މި ރޯގާ ރިޕޯޓުކުރި ކަމަށް ދެއްކީ 2019ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އެ މަހު 9،288 މީހުން ބޭރަށް ހިނގައި ހޮޑުލައިގެން ރިޕޯޓު ކޮށްފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހަކީ އެހެން ދުވަސްތަކާއި ހިލާފަށް ބޭރަށް ހިނގުމާއި ހޮޑުލުމުގެ ކޭސްތައް ހޮސްޕިޓަލުތަކުގައި ރިޕޯޓު ކުރި ދެ ދުވަހެވެ.
އެޗްޕީއޭ އިން ބުނީ އެއީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށެވެ. ނޯރޯވައިރަސްގެ ރޯގާ އަކީ ވަރަށް ހަލުވިކޮށް ފެތުރޭ ވައިރެސް އެއް ކަމަށެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުންޏޭވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި