ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކުރި، އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރި ކުރީ ގާނޫނާއި ހިލާފަށް ކަމަށް ހައިކޯޓުން ބުނެފިއެވެ.
މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމާއެކު އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރަން މަސައްކަތް ކޮށްފައެވެ. އެހެންކަމުން ފިލަން އުޅުނު ކަމުގެ ތުހުމަތުގައި މަންޑޭ ހައްޔަރުކުރިއެވެ. އަދި ކްރިމިނަލް ކޯޓުން ޕާސްޕޯޓު ދޫކޮށްލި މައްސަލަ ހައިކޯޓުގައި ދައުލަތުން އިސްތިއުނާފު ވެސް ކުރިއެވެ.
ހައިކޯޓުން ބުނީ މަންޑޭގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ހިލާފަށް ކަމަށެވެ. މަންޑޭ ރާއްޖެ އިން ފިލައިގެން ގޮސް ދާނެ ކަމަށް ބެލެވޭ ހެކިތައް ހުރިއިރު ޕާސްޕޯޓު ދޫކޮށްލަން ޖެހޭނީ އެއްވެސް އިތުރު ގޮތެއް ނެތް ހާލަތެއްގައި ކަމަށް ހައިކޯޓުން ބުންޏެވެ.
އަދި މަންޑޭގެ ޕާސްޕޯޓު ދޫކޮށްލުމަށް އަމުރު ކުރި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި ނުވާތީ އެކަމަކީ ވެސް ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށް ހައިކޯޓުގެ ހުކުމްގައިވެއެވެ.
މަންޑޭ ހައްޔަރުގައި ބެހެއްޓުމަށްފަހު މިދިޔަ އާދީއްތަ ދުވަހު އޭނާ ވަނީ ދޫކޮށްލައިފައެވެ. އެގޮތުން މަންޑޭގެ ޕާސްޕޯޓު އިމިގްރޭޝަނާއި ހަވާލު ކުރަން ޖެހެއެވެ. އަދި މާލެ ސަރަހައްދުން އެއްވެސް ރަށަކަށް (މާލެ، ހުޅުމާލެ އަދި ވިލިމާލެ) ދަތުރު ކުރާ ނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް