ނޫސްވެރިން ކަމުގައިވިއަސް އަދި އެނޫން ބަޔަކު ކަމުގައިވިއަސް ބޭނުން ވަރަކަށް ސަރުކާރަށް ފާޑު ކިޔަންވީ ކަމަށާއި އެހެންނަމަވެސް ފާޑު ކިޔުމުގައި ރީތި ބަހުރުވަ ބޭނުން ކުރެއްވުށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އިލްތިމާސް ކުރައްވައިފިއެވެ.
ރިޔާސީ ކެމްޕެއިނަށް ށ. ބިލެއްފަށްސަށް ވަޑައިގެން އެރަށުގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ވަނީ 2014 އިން 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ހަމައަށް އޭރުގެ ސަރުކާރުން އަމަލު ކުރަމުން ދިޔަ ގޮތުގެ ވާހަކަތައް ހިއްސާ ކުރައްވާފައެވެ.
އެގޮތުން މިއަދު ސަރުކާރުގެ ލީޑާޝިޕްގައި ތިއްބެވި ހުރިހާ ބޭފުޅުންހެން ޖަލަށްލާފައި ހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
"އޭރުގެ ސަރުކާރަށް ހީވެފައި އޮތީ ތިމަންނާމެންނަށް އިންތިހާބު [2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބު] ކާމިޔާބު ކުރެވެން އޮތީ މިމީހުން [އޭރުގެ އިދިކޮޅު ފަރާތްތައް] ޖަލަށްލައިގެންނޭ،" ރައީސް ވިދާޅުވިއެވެ.
ރައީސްގެ ކެމްޕެއިން ކަވަރު ކުރަން ތިބި ނޫސްވެެރިންނަށް އިޝާރަތް ކުރައްވާ ރައީސް ވަނީ އޭރު ނޫސްވެރިން ފުލުހަށް ހާޒިރުކޮށް ޖަލަށްލި ކަމުގެ ވާހަކަތައް ވެސް ވިދާޅުވެފައެވެ.
އަދި ސަރުކާރަށް ފާޑު ކިޔާ ޓީވީ ޗެނަލްތަކާއި މެދު ފިޔަވަޅު އެޅިކަމުގެ ވާހަކަތައް ވެސް ރައީސް ހިއްސާ ކުރެއްވިއެވެ. އެހެންނަމަވެސް މިއަދުގެ ސަރުކާރުން އެއްވެސް ނޫސްވެރިޔަކާއި މެދު އެފަދަ އެއްވެސް ގޮތަކަށް އަމަލު ކޮށްފައި ނުވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"ޓީވީ ޗެނަލްތަކުން އެ ދައްކާ ވާހަކައެއް އެ ދައްކަނީ ބޭނުން ވާހަކައެއް ބޭނުން ގޮތަކަށް. އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއް ނެތް، އެކަމަކު ބަހުރުވަ އެބަޖެހޭ ކޮންމެވެސް ވަރަކަށް ބަދަލު ކޮށްލަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އާއިލާއާއެކު ޓީވީ ބަލާލަން ކެރޭ ވަރަށް ދައްކާ ވާހަކަތަކުގެ ބަހުރުވަ ބަދަލު ކޮށްލަން ޖެހޭ ކަމަށެވެ.
"ވާހަކަދައްކަންވީ ފާޑު ކިޔަންވީ އެކަމަކު އޭގެ ރީތި ބަހުރުވަ ބޭނުން ކުރުމަކީ މުޖުތަމައު އަށް އެންމެ ރަނގަޅު ގޮތް. ފޮތިވެސް ދަމަންވީ މައްސަލައެއް ނެތް،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރިޔަށް ދާނީ ދީފައިވާ މިނިވަންކަމާއެކު ކަމަށް ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް