ވަކި ރަށަކަށް ނުވަތަ ވަކި ސަރަހައްދެއް ތަރައްގީ ކޮށްގެން މުޅި ރާއްޖެ ބަދަލު ނުވާނެ ކަމަށާއި އެކަން ވާނީ ތަފާތެއް ނެތި ހުރިހާ ރަށަކަށް ވެސް ބަދަލުތައް ގެނެސްގެން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް މިހާރު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރައީސް ވަނީ އެ އަތޮޅު ނަރުދޫ އަށް ވަޑައިގެންފައެވެ.
އެރަށުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގެ ފަސް އަހަރު ނަރުދޫގައި ހިންގާފައި ވަނީ އެންމެ ދެ މަޝްރޫއު ކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެފަދަ އެތައް ރަށެއް އޮތް ކަމަށާއި އެކަމުގެ ސަބަބުން އެމަނިކުފާނުގެ ސަރުކާރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހިވަޑައިގެންނެވި ކަމަށެވެ.
"އަަޅުގަނޑުމެން ނިންމީ އެކަން ކުރަން. ރާއްޖެ އަށް ބަދަލެއް ގެނެވޭނީ މުޅި ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނެސްގެން،" ރައީސް ވިދާޅުވިއެވެ.
މިއަދު ކޮންމެ ރަށަކުން ވެސް ފެނިގެން ދަނީ އެ ބަދަލު ގެނައުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ކަމަށް ރައީސް ވިދާޅުވިއެވެ.
"ކުރިޔަށް އޮތް ތިން ހަތަރު އަހަރުގެ ތެރޭގައި މި ބަދަލު މުޅި ރާއްޖެ އިން ފެނިގެން ދާނެ،" ރައީސް ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް