ސަރުކާރުން ރާއްޖެ އަށް ގެންނަން ބޭނުންވި ތަރައްގީ ގެނެވިގެން ދިޔައީ، ސިޔާސީ ހަލަބޮލިކަމުން ގައުމު ދުރުވެފައި އޮތުމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރިޔާސީ ކެމްޕެއިނަށް ށ. މިލަންދޫ އަށް ވަޑައިގެން މިރޭ އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ހަމަޖެހުމާއި ސުލްހަވެރިކަން ގައުމުގައި ގާއިމް ކުރެވިގެން ދިއުމަކީ ތަރައްގީ އަށް މުހިއްމު ކަމެއް ކަމަށެވެ. އެގޮތުން މިއަދު ސިޔާސީ ހަމަނުޖެހުމުން އެއްކިބާވެ ތިބެ، ރާއްޖޭގެ ތަރައްގީއަށް މަސައްކަތްކުރަން ސަރުކާރަށް ފުރުސަތު ލިބިފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ރައްޔިތުން ބޭނުންވެފައި ތިބި އަސާސީ ހައްގުތައް ފޯރުކޮށްދިނުމަށްޓަކައި ގިނަ މަސައްކަތްތަކެއް އަޅުގަނޑުމެންނަށް އޭގެ ސަބަބުން ކުރެވެމުން މިދަނީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވަނީ އެމަނިކުފާނުގެ ފަސް އަހަރު ސިޔާސީ އެއްވެސް ހައްޔަރީއެއް ނުހުންނާނެ ކަމަށް ވިދާޅުވެފައެވެ.
"އެއްވެސް މީހަކު، އެއްވެސް މީހަކު ސިޔާސީ ބޭނުމަކު ހައްޔަރެއް ނުކުރޭ. ނޫސްވެރިޔަކު ޖަލަކަށްނުލާ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރާކަށްނުޖެހޭ. އެހެންނަމަވެސް ތަރައްގީގެ މަޝްރޫއުތައް މި ދަނީ ބާރަށް،" ރައީސް ސޯލިހް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ 2018ވަނަ އަހަރު ވެރިކަމާއި ހަވާލުވިއިރު ރާއްޖޭގެ އިގްތިސޯދުގެ އަދަދަކީ 81 ބިލިއަން ރުފިޔާ ކަމަށެވެ. އެއަހަރު ރާއްޖެ އަށް ފަތުރުވެރިން އައީ 1.4 މިލިއަނަށް ކަމަށާއި ދައުލަތުގެ އާމްދަނީ އަކީ 22 މިލިއަން ރުފިޔާ ކަމަށް ރައީސް ވިދާޅުވިއެވެ. ޖެހިގެން އައި ދެ އަހަރު ކޮވިޑުގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު ދަށަށް ދިޔަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އެހެންނަމަވެސް 2023ވަނަ އަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސޯދުގެ އަދަދަކީ 108 ބިލިއަން ރުފިޔާ. ދައުލަތުގެ އާމްދަނީ 34 ބިލިއަނަށް އިތުރުވޭ،" ރައީސް ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް