ފުވައްމުލަކު ސިޓީއަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް، ކުރަމުންގެންދާ މުޒާހަރާތަކުގައި ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގުމުން ހައްޔަރު ކުރި މީހުން ރޭ މެންދަމު ދޫކޮށްލައިފިއެވެ.
ފުވައްމުލަކުގައި ރޭ ބޭއްވި އެމްޑީޕީ ކެމްޕެއިން ޖަލްސާ ނިންމާލި ވަގުތާ ދިމާކޮށް، ހިންގި ހަމަނުޖެހުމުގައި ފުލުހުންނާ ދިމާލަށް ގާ އުކައި، ކުރިމަތިލާފައިވެއެވެ. އެ ހަމަނުޖެހުން ހިންގީ ކެފޭއެއްގެ ކައިރިއަށް ޖަމާވެފައި ތިބި އިދިކޮޅު ސަޕޯޓަރުންތަކެކެވެ. ރައްދުގައި ރަޔަޓް ފުލުހުން ވަނީ ޕެޕާ ސްޕްރޭ އާއި ޝިލްޑާއެކު ނުކުމެ، އެ މީހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައެވެ.
އެ އޮޕަރޭޝަންގައި ހަތަރު ފުލުހަކަށް އަނިޔާވެފައިވެއެވެ. އޭގެ ތެރެއިން އެކެއްގެ އަތުގެ ކަށިގަނޑަށް ފްރެކްޗަރވެފައިވެއެވެ.
ނަމަވެސް އަނިޔާވި ހަތަރު ފުލުހުން ވެސް ވަނީ ރޭ މެންދަމު ބަންދުން ދޫކޮށްލާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ