ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން ހައްޔަރުކުރި، އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ކޯޓުން ދޫކޮށްލައިފިއެވެ.
މަންޑޭ ދޫކޮށްލާފައި ވަނީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ދޫކޮށްލީ ޝަރުތުތަކަކާއެކު ކަމަށް މައުލޫމާތު ލިބެއެވެ.
އެގޮތުން މަންޑޭގެ ޕާސްޕޯޓު އިމިގްރޭޝަނާއި ހަވާލު ކުރަން ޖެހެއެވެ. އަދި މާލެ ސަރަހައްދުން އެއްވެސް ރަށަކަށް (މާލެ، ހުޅުމާލެ އަދި ވިލިމާލެ) ދަތުރު ކުރާ ނަމަ ފުލުހުންގެ ހުއްދަ ހޯދަން ޖެހެއެވެ.
މަންޑޭ ދޫކޮށްލާފައި މިވަނީ، 25 ދުވަހު ފުލުހުންގެ ބަންދުގައި އޭނާ ބެހެއްޓުމަށްފަހުއެވެ.
ކުންފުނީގެ މައި ހިއްސާދާރަށް ނޭންގި މަކަރާ ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޝިއުން ޖިންއާއެވެ. ހަމަ މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އާބަންކޯ އިން ބުނީ “ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ” ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ “ކޭޕާކް ރެސިޑެންސް” ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން، މިމައްސަލާގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް މިކޯޕަރޭޝަނުން އިއްޔެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މަންޑޭ ވަނީ އޭނާގެ އަމިއްލަ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މަންޑޭ ވިދާޅުވެފައި ވަނީ އެކަމަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ޖިން ޝުހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ