ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ރާއްޖޭގެ އެންމެ ބޮޑު އެއް ސިޓީކަމަށްވާ ފުވައްމުލަކަށް މިއަދު ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ފުވައްމުލަކަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ރައީސް އެ ރަށަށް ވަޑައިގަންނަވާނީ ހަވީރު 4:20 ހާއިރުއެވެ. މި ކެމްޕޭނު ދަތުރުފުޅުގައި އެ ސިޓީގެ ދޫނޑިގަމް އަވަށުގެ ފުޓްބޯޅަ ދަނޑާއި ފުވައްމުލަކު ސްކޫލުގެ މަލްޓި ޕާޕޯސް ހޯލް ރައީސް އިފްތިތާހުކޮށްދެއްވާނެއެވެ.
ފުވައްމުލަކު ފުނާޑު އަވަށުގައި ހުންނަ އެމްޑީއޭގެ ޖަގަހަވެސް ރައީސް ހުޅުވައިދެއްވާނެއެވެ. އެމަނިކުފާނު ފުވައްމުލަކުގައި ބާއްވާ ޖަލްސާ އޮންނާނީ މިރޭގެ ވަގުތެއްގައެވެ. އެކަމަކު ވިއްސާރާއިގެ ސަބަބުން ޖަލްސާ ބާއްވާ ތަން ބަދަލުވުން އެކަށީގެންވާ ކަމަށް ފުވައްމުލަކު އެމްޑީޕީން މައުލޫމާތުދެއެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ބޮޑު އަގުލަބިއްޔަތުން ކާމިޔާބު ކުރެއްވި ރައީސް ސޯލިހު އިންތިހާބަށް ކުރިމަތިލައްވަނީ ކޯލިޝަނަކާއެކުއެވެ. އެ ކޯލިޝަންގައި ހިމެނެނީ އެމްޑީޕީ، އަދާލަތު ޕާޓީގެ އިތުރުން އެމްޑީއޭއެވެ. އިންތިހާބަށް ކުޑަތަން ވެފައިވާއިރު އެންމެ ގަދަޔަށް ކެމްޕޭނު ކުރައްވަމުން ގެންދަވަނީ ރައީސް ސޯލިހެވެ.
ރައީސް ސޯލިހު ވިދާޅުވާ ގޮތުންނަމަ މި ފަހަރުގެ އިންތިހާބު ދެވަނަ ބުރަކަށް ނުގޮސް ފުރަތަމަ ބުރުން ކާމިޔުބުކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ