މާލޭ ސަރަހައްދުގައި މި ވަގުތު ފެތުރެމުންދަނީ ނޯރޯވައިރަސްގެ ރޯގާއެއް ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
ފާއިތުވި ދުވަސްތަކުގައި މާލެ ސަރަހައްދުގައި ހޮނޑުލުމާއި ބޭރަށް ހިނގުމުގެ ސަބަބުން ގިނަ ބަޔަކު ޑޮކްޓަރަށް ދައްކާފައިވެއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ނޯރޯވައިރަސްގެ ރޯގާ އަކީ ވަރަށް ހަލުވިކޮށް ފެތުރޭ ވައިރެސް އެއް ކަމަށެވެ. ހާއްސަކޮށް ބަންދު ތަންތަނުގައި ނުވަތަ ގިނަ މީހުން އެއްވެ ތިބޭ ތަންތަނުގައި ވަރަށް ފަސޭހައިން ފެތުރޭ ކަމަށް ފާހަގަކުރެވޭ ކަމަށް އެޗްޕީއޭއިން ބުންޏޭވެ.
ރޯގާއިން ރައްކާތެރިވުމަށް:
- ގިނަ ގިނައިން އަތް ދޮވުންހޭންޑް ސެނިޓައިޒަރ އެކަނި ބޭނުންކުރުމުން ނޯރޯވައިރަސްއިން ރައްކާތެރި ނުކޮށްދޭ، ރަނގަޅަށް ސައިބޯނިލައިގެން އަތްދޮތުން
- ހޮޑު ނުވަތަ ބޮޑުކަމުދާ ތަކެތި އެޅިފައިވާ ތަންތަން ސާފުކުރާއިރު ސަމާލުވުން
- ޓިޝޫ/ޕޭޕަރ ޓަވަލް އިން ސާފުކޮށް، ރައްކާތެރިގޮތުގައި އުކާލުމަށްފަހު، ބްލީޗް އަޅާފައި 5 މިނެޓް ބަހައްޓަވާ، އަދި އެއަށްފަހު ބްލީޗް ސާފުކުރުމަށްފަހު ސައިބޯނި/ދޮންނަ ސޮލިއުޝަން ލައިގެން ސާފުކުުރުން
- ލީގެ އެއްވެސް އަލާމާތެއް ހުރިނަމަ، ބަލީގެ އަލާމާތްތައް ފިލާތާ 24 ގަޑިއިރު ވަންދެން ކާބޯތަކެތި ތައްޔާރުކުރުމުގައި ބައިވެރިނުވުން
- މީހުން ގިނަ ތަންތަނަށް ނުދިއުން
ބައެއް ފަރާތްތަކުންނާއި ބައެއް މީޑިއާތަކުން ވަނީ ކުއްލިއަކަށް އެހާ ގިނަ ބަޔަކު ބޭރަށް ހިނގާ ހޮޑުލަމުން ދަނީ ރޭ ނޫން ކުރީ ރޭ މާލޭގައި ބޭއްވި ފުޅަނދުބުރުން ބެހި މެޓައެއްގެ ސަބަބުން ކަމަށް ބުނަމުންނެވެ. އެކަމަކު އެއީ ކާއެއްޗެއްގެ ސަބަބުން ފެތުރޭ ރޯގާއެއް ނޫން ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި