ހަނގުރާމައިގެ ތެރޭގައި އޮތް ޔޫކްރޭންގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރަކު ރާއްޖޭގައި ޗުއްޓީ ހޭދަކުރެއްވި މައްސަލައެއް ޔޫކްރޭންގެ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ޔޫކްރޭންގެ ސެކިއުރިޓީ ސާވީސްއާ އިންވެސްޓިގޭޝަން ބިއުރޯ އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ތަހުގީގު ކުރަން ފަށާފައި ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑަމީރް ޒެލެންސްކީގެ ސާވެންޓް އޮފް ދަ ޕީޕަލް ޕާޓީ އަށް ނިސްބަތްވާ މަޖިލީސް މެމްބަރު ޔުރީ އަރިސްޓޯވްގެ މައްސަލަކަމަށް އިނގިރޭސި ބަހުން ނެރޭ ޔޫކްރެއިންގެ ނޫހަކުން ރިޕޯޓްކޮށްފައިވެއެވެ.
ސިޔާސީ ބޭފުޅުން ޗުއްޓީ ހޭދަކުރުން މަނާކޮށްފައިވާ އޮއްވާ މަޖިލީހުގެ ނޭޝަނަލް ސެކިއުރިޓީ ކޮމިޓީގެ ޑެޕިއުޓީ ޗެއާމަން ޔުރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާފައިވަނީ މި މަހުގެ މެދުތެރޭގައި ކަމަށް "ސްލިޑްސްޓުވޯ.އިންފޯ" ކިޔާ އިންވެސްޓިގޭޓް ޖާނަލިޒަމް ވެބްސައިޓަކުން ރިޕޯޓްކޮށްފައިވެއެވެ.
އެ ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުން ޔުރީ ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާފައިވަނީ މާލެ އަތޮޅު ދެކުނުގައި އޮންނަ ފަސް ތަރީގެ ރިސޯޓް، ވަލްޑޯފް އެސްޓޮރިއާ މޯލްޑިވްސް އިތާފުށީގައެވެ. އޭނާ އެ ރިސޯޓުގައި ޗުއްޓީ ހޭދަކުރިކަން ރިސޯޓަށް ގުޅައި ޔަގީންކޮށްފައިވާނެ ކަމަށް އެ ވެބްސައިޓުން ބުނެއެވެ. އެކަމަކު ރިސޯޓުތަކުގެ ގެސްޓުންގެ މައުލޫމަތު އެހެން ބަޔަކާއި ހިއްސާކުރުމަކީ މަނާކޮށްފައި އޮންނަ ކަމަކެވެ.
އިބްތިދާއި ތަހުގީގުން އެނގުނު ގޮތުގައި ޔުރީ ގައުމުން ބޭރުވާން ހުއްޖަތަކަށް ދެއްކީ "ވިޔަފާރި" ދަތުރެއް ކަމަށް ބުނެއެވެ.
ޔުރީ ދިރިއުޅުއްވަމުން ގެންދަވާ ގެ، ޕްރޮސެކިއުޓަރުން ބަލައި ފާސްކުރުމުގެ ތެރޭގައި ޕާސްޕޯޓުގައި މި މަހު 14 އިން 21 އަށް ރާއްޖޭގެ ސްޓޭމްޕް ޖަހަފައިވެއެވެ.
ސްޓޭޓް އިންވެސްޓިގޭޝަން ބިއުރޯ އިން ބުނީ ޔުރީގެ މައްސަލަ ތަހުގީގު ކުރަމުން ދަނީ މަކާރާއި ހީލަތް ހެދުމުގެ ތުހުމަތުގައި ކަމަށެވެ.އެ ކުށުގެ އަދަބަކީ ތިން އަހަރަށް ޖަލަށްލުމެވެ.
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި
ސިވިލް ކޯޓުގެ ގާޒީ ކަމަށް ބޮޑު ތަރުހީބެއް، 42 މީހަކު ކުރިމަތިލައިފި