ސިފައިންގެ އެންމެ އިސް 4 ޖެނެރަލުންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިއަދު މަގާމުގެ ކުރިއެރުން ދެއްވައިފިއެވެ.
މަގާމުގެ ކުރިއެރުން ލިބިވަޑައިގަތް އެންމެ ހާއްސަ ބޭފުޅުންނަކީ މޭޖާ ޖެނެރަލްގެ މަގާމުން ލެފްޓިނެންޓް ޖެނެރަލްގެ މަގާމަށް މިއަދު މަގާމުގެ ކުރިއެރުން ދެއްވި، ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނެރަލް ޝަމާލެވެ. ބްރިގޭޑިއާ ޖެނެރަލްގެ މަގާމުން މޭޖާ ޖެނެރަލްގެ މަގާމަށް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފަށް މަގާމުގެ ކުރިއެރުން ވަނީ ދެއްވައިފައެވެ.
މީގެ އިތުރުން މޭޖާ ޖެނެރަލްގެ މަގާމަށް ކުރިއެރުން ދެއްވި ދެބޭފުޅުންނަކީ އެމްއެންޑީއެފް މެރިން ކޯގެ ކޮމަޑާންޓް، މޭޖާ ޖެނެރަލް ވައިޘް ވަހީދާއި، އެމްއެންޑީއެފް ސާވިސް ކޯގެ ކޮމަޑާންޓް މޭޖާ ޖެނެރަލް ހާމިދު ޝަފީގެވެ.
މިއަދު ބަންޑާރަކޮށީގައި މިކަމަށް ޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެ ބޭކަލުންނަށް މަގާމުގެ ރޭންކް، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ޙަވާލުކޮށްދެއްވާފައިވާއިރު، މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ދިފާއީ ވަޒީރު މާރިޔާ އަޙްމަދު ދީދީއެވެ.
މިއަދު މަޤާމުގެ ކުރިއެރުން ލިބިވަޑައިގަތް ލެފްޓިނެންޓް ޖެނެރަލް ޝަމާލްއަކީ އަސްކަރީ ތާރީހުގައި، ލެފްޓިނެންޓް ޖެނެރަލްގެ ރޭންކާއި ހަމައަަށް ވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. މީގެކުރިން ލެފްޓިނެންޓް ޖެނެރަލް ރޭންކް ލިބިވަޑައިގަތް ހަމައެކަނި ބޭފުޅަކީ ލެފްޓިނެންޓް ޖެނެރަލް (ރިޓަޔަޑް) އަންބަރީ ޢަބްދުއްސައްތާރެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ