ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހުމަދު އާމިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ނުރައްކާތެރިކޮށް ސައިކަލު ދުއްވާ އަމުރަށް ނުކިޔަމަންތެރިވީމަ ކަމަށް ފުލުހުން ބުނެފިއެވެ.
އާމިރު ސައިކަލެއްގައި މަޑުކޮށްގެން ހުއްޓާ ދެ ފުުލުހުން ދެ ފަރާތުން އޭނާގެ އަތުގައި ހިފައި ގަދަކަމުން ސައިކަލުން ބަލުވާ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ އާއްމުވެފައެވެ. "އަނިޔާ ނުކުރޭ" އޭ ކިޔައި އާމިރު ގޮވާ އަޑު އިވެއެވެ.
އެ ވިީޑިއޯ އާއްމުވުން ފުލުހުންގެ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ހުޅުމާލެ ދެ ވަނަ ފޭސް ގައި ރޭ 12:55 ހާއިރު ވީސީޕީ ޖަހައި ފުލުހުން އުޅަނދުތައް ޗެކް ކުރަމުން ދިޔައިރު ހިތިގަސް މަގުން އުތުރުން ދެކުނަށް ދުވާފައި ދިޔަ ސައިކަލެއް މަޑުކުރަން ފުލުހުން އެންގުމުން މަޑުނުކޮށް ދުވާއްފައިވާ ކަމަށެވެ.
"އަދި ހަޑި ހުތުރު ބަހުން ފުލުހުންނާ މުއާމަލާތުކޮށް ނުރައްކާތެރިކޮށް އަދި ބާރު ސްޕީޑުގައި ދުއްވާފައި ދިޔުމުން ފުލުހުން ގޮސް ސައިކަލު ހުއްޓުވާފައިވޭ."
ސައިކަލް ހުއްޓުވައި އޭނާއާ ސުވާލުކުރުމުން މައުލޫމާތު ދިނުމަށް އިންކާރުކޮށް ފުލުހުންގެ އަމުރަށްް ނުކިޔަމަންތެރިވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ދެވަނަ ފޭސްގެ ޕޮލިސްޓޭޝަނަށް ގެންގޮސް މައުލޫމާތު ސާފުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އާމިރު ސައިކަލް، ފުލުހުން ވަނީ ޓޯ ކޮށްފައެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ