ޕީޕީއެމް/ޕީއެންސީގެ ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރި މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް ތިން ތުހުމަތެއް ފުލުހުން ކޮށްފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑާޝިޕްގެ ބޭފުޅުން ޖުމްހޫރީ މައިދާނުގައި އިހުތިޖާޖު ކުރަން ހައްޔަރު ކުރިއެވެ. އެއީ މިމަހުގެ 20ވަނަ ދުވަހުއެވެ.
ގްރީން ޒޯން ނުވަތަ އިހުތިޖާޖު ކުރުމާއި މުޒާހަރާ ކުރުން މަނާ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޖުމްހޫރީ މައިދާނުގައި ޕީޕީއެމްގެ ނައިބު ރައީސް އަދި މަޖިލިހުގެ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އައި މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގުގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގެންނެވިއެވެ.
ޕީޕީއެމް އިން ބުނީ އެއީ ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް ޔާމީންގެ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި މަޑުޖައްސަލާފައި އޮތުމުން ކުރި އިހުތިޖާޖެކެވެ.
އެ ބޭފުޅުން ހައްޔަރުކުރި ނަމަވެސް ތަހުގީގަށް ހާޒިރުވުމަށް އެންގުމަށްފަހު ދޫކޮށްލެވިއެވެ. އަދި މިއަދު އެ ހުރިހާ ބޭފުޅުން އެކި ވަގުތުތަކުގައި ފުލުހުންގެ އިދާރާ އަށް ވަނީ ހާޒިރު ކޮށްފައެވެ.
ފުލުހުން އެ ބޭފުޅުންގެ މައްޗަށް ކުރާ ތިން ތުހުމަތަކީ:
- ފުލުހުންނަށް ނުކިޔަމަންތެރިވުން،
- ފުލުހުންގެ ދައުރަށް ހުރަސް އެޅުން، އަދި
- ގްރީން ޒޯނުގައި މުޒާހަރާ ކުރަން
މި ބޭފުޅުންގެ އިތުރުން އެ ދުވަހު ގްރީން ޒޯނުގައި ތިބި ޕީޕީއެމް/ޕީއެންސީގެ އާއްމު ބައެއް ފަރާތްތައް ވެސް ހައްޔަރުކުރި ކަމަށް ޕީޕީއެމް އިން ބުނެއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި