ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ ކަމަށް ބުނެ އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމައިފި އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި ލަސްވަމުންދާތީ އެމަނިކުފާނުގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ބުނެ އެވެ.
ސުޕްރީމް ކޯޓުން މިއަދު ނިންމީ ކޯޓުތަކުގެ ގާނޫނުގައި ބުނާފަދަ ދުސްތޫރީ މައްސަލައަކަށް އެ މައްސަލަ ނުވާތީ އެ މައްސަލަ ބަލައިނުގަނެވޭނެ ކަމަށެވެ.
ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް ނުނިމި އޮތްއިރު ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ މުއްދަތު އަންނަ މަހު ހަމަވާނެ އެވެ. އެމަނިކުފާނުގެ އިސްތިއުނާފް އަޑުއެހުންތައް ކުރިއަށް ގެންދިއުމަށްފަހު އެ މައްސަލަ ބައްލަވާ އެއް ފަނޑިޔާރު ޗުއްޓީއަށް ވަޑައިގަތުމުން އަޑުއެހުންތައް ވަނީ މެދުކެނޑިފަ އެވެ.
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި