ރާއްޖޭގެ މަޝްހޫރު ކޮމީޑިއަން އަހުމަދު ޝާހިދު ހަލީމް އަވަހާރަވެއްޖެއެވެ.
ޝާހިދު އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައި އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށެވެ. އޭނާ އަވަހަރާވިއިރު އުމުރަކީ 72 އަހަރެވެ.
ޝާހިދު އަވަހާރަވީ މުސްކުޅި ބަލީގައެވެ.
އެންމެ ފުރަތަމަ އާއްމުންގެ ތެރޭގައި ޝާހިދު މަޝްހޫރުކަން ހޯދީ 1980 ގެ އަހަރުތަކުގައި އަވަށު ތަމްސީލު ޝޯތަކުންނެވެ. އެތައް ތަމްސީލުތަކެއް ކުޅުއްވާފައިވާ ޝާހިދު އެންމެ ބޮޑަށް ފާހަގަވެގެން ގޮސްފައި ވަނީ ޓީވީއެމް އުފެއްދި 'ބަހަބަރު' ޝޯއިންނެވެ. ފީބޯ މުހަންމަދު މަނިކާއި ކޮއްޔަ ހަސަން މަނިކާއި ކުޑަދޮންއާ އެކު "ބަހަބަރު" ގައި ޝާހިދު ކުޅެފައިވަނީ ހެއްވާ މަޖާ ޝަހުސިއްޔަތުގެ ރޯލެވެ.
ދިވެހި އަދަބިއްޔާތަށް ވެސް ވަރަށް ގިނަ ހިދުމަތްތައް ޝާހިދު ކޮށްދެއްވާފައިވާއިރު މުނިފޫހިފުލުވުމުގެ ރޮނގުން ސަރުކާރުން ދޭ އާންމު ހިދުމަތުގެ އިނާމް ވެސް ޝާހިދަށް ލިބިވަޑައިގެންނެވިއެވެ.
ޝާހިދު ދަރިކަލުން މޫސާ ރިލްވާނަކީ މޮޅު ޕްރެޒެންޓަރެކެވެ. ރިލްވާނު ވަނީ ޓީވީއެމްގެ ޝޯތަައް ހުށަހެޅުމުގެ އިތުރުން ބައެއް ޓީވީ ޕްރޮގްރާމްތައް ޕްރޮޑިއުސްކޮށްފައެވެ. ރިލްވާންއާ އެކު މި ވަގުތު ޝަހިދުގެ އަށްކުދިން ދުނިޔޭގައި އެބަ ތިއްބެވެ.
ސެކިއުރިޓީ ކަނޑާލިއަސް، މުޒާހަރާއަށް ދާނަން: ނަޝީދު
ފަވަރައާ ޔޫޕީއައި ގުޅާލުމުން ދެގައުމަށްވެސް ލުއިތައް ލިބޭނެ
މާލެ އަދި ހުޅުމާލޭގައި މާރާމާރީ ހިންގަން އުޅުނު ބަޔަކު ހައްޔަރުކޮށްފި
އިންޑިއާއިން ރާއްޖެއަށް ބޭރުކުރާ ތެލުން ޓެކްސް ކަނޑާލައިފި!
ސަރުކާރުން ބޮޑުކުރި ސިނގިރޭޓުގެ އަގު ހެޔޮކޮށްފި
އުރީދޫގެ ހިދުމަތްތަކަށް ބުރޫ އަރައިފި