ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅޭނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
"ސިފައިންގެ ބޭކަލަކަށް ނުވަތަ ފުލުހުންގެ އޮފިސަރަކަށް ގޯސްކޮށް ކަމެއް ކުރެވިއްޖެ ނަމަ އެކަން ބަލާ އަޅަންޖެހޭ ފިޔަވަޅު އެޅޭނެ" ހޯމް މިނިސްޓަރު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އިމްރާން ވިދާޅުވީ އެކަމަކު ސިފައިންނާއި ފުލުހުންގެ އަގުވައްޓާލުމަށް ކުރެވޭ މަސްކަތަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ހޯމް މިނިސްޓަރު މިހެން ޓްވީޓް އެކުރެއްވީ ބުރާސްފަތި ދުވަހު ޖުމްހޫރީ މައިދާނުގައި ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން އިހްތިޖާޖު ކުރުމަށް ތިބި ތަން ކަވަރު ކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިޔަކާއި ވީޑިއޯގްރާފަރެއް ފުލުހުން ކޮށްޕާލި މައްސަލަ ހޫނުވެ ފުލުހުންނަށް ފާޑުކިޔުންތައް އިތުރުވެފައި ވަނިކޮށެވެ.
އެ ދެ ނޫސްވެރިން ކޮށްޕާލި އެސްއޯ ފުލުސް މީހާ ސަސްޕެންޑުކޮށް މައްސަލަ ބެލުމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ އަންގަވައިފައެވެ. ބްރޮޑްކާސްޓު ކޮމިޝަނާއި އެމްއެމްސީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ފަދަ ތަންތަނުން ކުށްވެރިކޮށްފައިވެއެވެ.
އެއްވުންތައް ކަވަރުކުރަން އުޅޭ ފުލުހުން، ނޫސްވެރިންނަށް ހުރަސް އެޅުމާއި ފުރުއްސާރަކުރުމަކީ ފުލުހުންގެ ތެރޭގައި ޒަމާނުއްސުރެ ހަރުލާފައިވާ އާދައެކެވެ. ވަކި ސަރުކާރެއްގައެއް ނޫނެވެ. ކޮންމެ ސަރުކާރެއްގައިވެސް މިއީ ހިނގާކަމެކެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ