ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ހއ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.
ހއ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ކުރެއްވި ކެމްޕެއިން ރައީސް ނިންމާލެއްވީ އެ އަތޮޅު ދިއްދޫ އިންނެވެ. އެއީ ރިޔާސީ ކެމްޕެއިނުގައި ރައީސް ވަޑައިގެންނެވި 30ވަނަ ރަށެވެ.
ރިޔާސީ ކެމްޕެއިން ރައީސް ސޯލިހު ފެއްޓެވީ މިމަހުގެ 9ވަނަ ދުވަހު ށ. އަތޮޅުންނެވެ. ކުޑަ އާބާދީއެއް ބޮޑު އާބާދީއެއް ބެލުމެއް ނެތި ރައީސް ގެންދަވަނީ ރާއްޖޭގެ އެކި ރަށްތަކަށް ދަތުރު ކުރައްވަމުންނެވެ.
ރިޔާސީ ކެމްޕެއިނުގައި ރައީސް މިހާތަނަށް ކުރެއްވި ދަތުރުފުޅުތައް:
ށ. އަތޮޅުގެ ހަތަރު ރަށް
ކ. އަތޮޅުގެ ތިން ރަށް
މ. އަތޮޅުގެ 8 ރަށް
ބ. އަތޮޅުގެ ފަސް ރަށް އަދި
ހއ. އަތޮޅުގެ 10 ރަށް
އެމަނިކުފާނު މިހާތަނަށް ވަޑައިގެންނެވި ހުރިހާ ރަށަކުން ވެސް ކުރިޔަށް އޮތް އިންތިހާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ ކަމުގެ ސާފު މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި
ސިވިލް ކޯޓުގެ ގާޒީ ކަމަށް ބޮޑު ތަރުހީބެއް، 42 މީހަކު ކުރިމަތިލައިފި