އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ހަ ދާއިރާއެއް އިތުރުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އެ ކޮމިޝަނުގެ ނާއިބު ރައީސް އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބީ ދާއިރާތަކަށް ގެނެވޭ ބަދަލު މިއަދު ބޭއްވި ކޮމިޝަނުގެ ޖަލްސާ އިން ފާސްކޮށްފައިވާ ކަމަށެވެ. މިގޮތުން، 2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް ހަ ދާއިރާއެއް އިތުރުވާނެ ކަމަށެވެ.
އިތުރުވާ ދާއިރާތައް:
- މާލެ އަށް ދެ ގޮނޑި
- އައްޑޫ ސިޓީ އަށް އެއް ގޮނޑި
- ބ. އަތޮޅަށް އެއް ގޮނޑި
- މާލެ އަތޮޅަށް އެއް ގޮނޑި
- ގއ. އަތޮޅަށް އެއް ގޮނޑި
ހަބީބު ވަނީ ކޮންމެ އިދާރީ ދާއިރާއެއްގެ ރަޖިސްޓަރީ ކުރެވިފައިވާ ޖުމްލަ އާބާދީގެ އަދަދުތަކުގެ ތަފްސީލް ކޮމިޝަނުން ވަރަށް އަވަހަށް އާއްމު ކުރާނެ ކަމަށް ވިދާޅުވެފައެވެ.
ރައްޔިތުން މަޖިލީހުގައި މިހާތު 87 މެންބަރުން ތިއްބަވައެވެ. ނަމަވެސް މިހާރު އައިސްފައިވާ ބަދަލާއެކު ދެން އަންނަ ދައުރެއްގައި 93 މެންބަރުން ތިއްބަވާނެއެވެ.
ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން
މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް
ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން
މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު
ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ