މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ވެރިކަމެއް ގައި މާލެ އާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލެއް އަޅައިދޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް މުހައްމަދު ނާޒިމް (ކާނަލް) ވިދާޅުވެއްޖެއެވެ.
ނާޒިމް އެހެން ވިދާޅުވީ ސަލްޓަން ޕާކްގައި ބޭއްވި ކެމްޕެއިން ހަރަކާތެއްގައެވެ. ދަނގެތި ދާއިރާގެ މެމްބަރުކަންވެސް ކުރައްވާ ނާޒިމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް ޔާމީންގެ ދައުރުގައި އެޅި ސިނަމާލެ ބްރިޖަށްވުރެ ހެޔޮކޮށް މާލެ އާއި ހުޅުމާލެއާ ދެމެދު މޮނޮރެއިލް އެޅޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. އަދި ވިދާޅުވީ މޮނޮރެއިލެއް އެޅުމަކީ "ވަރަށް ފީޒިބަލް" ވެސް ކަމެއް ކަމެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
"ހަގީގަތުގައި އަޅުގަނޑުމެން ފުރަތަމަ ބްރިޖުގެ ކުރެހުން ކުރެހިއިރު މީގެ މޮނޮރެއިލް އަޅާފައި އޮންނާނެ،" ނާޒިމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި އާބާދީ މިހާ ބޮޑުވެފައިވާއިރު މާލެއިން ހުޅުމާލެއަށްދާން 40 މިނިޓް ހޭދަވާއިރު އެފަދަ ރޭލަކާއެކު އެތައް ގޮތަކުން ލުޔެއް ލިބޭނެ ކަމަށެވެ.
މާލެ އާއި ހުޅުމާލެއާ ދެމެދު ބްރިޖު އަޅަން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިއުލާން ކުރެއްވުމުން ވެސް އެއީ ވާނެ ކަމަށް ނޫން ކަމަށް ބުނެ ސިޔާސީ ބައެއް ފަރާތަތްކުން ވާހަކަ ދެއްކި ކަމަށާއި އެކަމަކު މިއަދު އެކަން ކޮށްފައި އޮތްތަން އެއޮތީ ފެންނަން ކަމަށް ވިދާޅުވިއެވެ.
"ބްރިޖުގެ އަރިމަތިން ލާފައި މޮނޮޓްރެއިންއެއް މޮނޮރެއިލެއް ދިއުމަކީ އެއްވެސް ކަމެއް ނޫން. ހަމަ އާދައިގެ ކަމެއް." ނާޒިމް ވިދާޅުވިއެވެ. އަދި އެކަމަށް ބޭނުންވާ ފައިސާވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެެ.
ނާޒިމް ވިދާޅުވި ގޮތުގައި ސިނަމާލެ ބްރިޖް ހަދަން ރޭވީ ހަ ލޭނަށެވެ. އެކަމަކު ޔާމީންގެ ސަރުކާރުން އެކަން ނުކުރީ ކަމަށާއި އެހެންވެ ބްރިޖުގައި ދަތުރުކުރަން އިތުރު ލޭނުލައި ފުޅާކުރަން ޖެހޭ ކަމަށެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި