ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ލިބުނު ނަތީޖާ އަށްވުރެ ވެސް ރަނގަޅު ނަތީޖާއެއް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ހޯއްދަވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާރު ވ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ރައީސް ސޯލިހު ވަނީ އެ އަތޮޅު ފެލިދޫ އަށް ވަޑައިގެން ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގައި ރައްޔިތުންގެ އެހީތެރިކަން ސަރުކާރުން ބޭނުންވާ ކަމަށެވެ. އެގޮތުން ރައީސް ވަނީ ފެލިދޫގެ ރައްޔިތުން އެކަމާއި ވިސްނުމަށް ގޮވާލައްވައިފައެވެ.

[caption id="attachment_55255" align="alignnone" width="1620"] އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފެލިދޫ އަށް ވަޑައިގެން ވާހަކަދައްކަވަނީ --- ފޮޓޯ | އެމްޑީޕީ[/caption]

"ތިބޭފުޅުންގެ ރަށަށް މި އަންނަ ބަދަލާއި ކުރިއަށް ރޭވިފައި ހުރި ތަރައްގީގެ މަޝްރޫއުތައް ކުރިޔަށް ގެންދެވޭނީ މި ސަރުކާރު ދެމި އޮވެގެން. 9 ސެޕްޓެމްބަރުގައި [ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނަ ދުވަސް] ތިބޭފުޅުން ނިންމާ ނިންމުމަކީ މުހިއްމު ނިންމުމެއް ކަމަށް އަޅުގަނޑު މި ދަންނަވަނީ އެހެންވެގެން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިހާރު ރޭވިފައި ހުރި މަސައްކަތްތައް ކުރިޔަށް ގެންދެވޭނީ މިހާރު މިއޮތް ސަރުކާރާއި ގުޅިފައިވާ ކޯލިޝަން އަދި ފަސް އަހަރަށް އިންތިހާބު ކޮށްގެން ކަމަށެވެ. އަދި ރައްޔިތުން އެކަން އެގޮތަށް ވާން ބޭނުންވާކަން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

[caption id="attachment_55254" align="alignnone" width="1620"] އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފެލިދޫ އަށް ވަޑައިގެން އެރަށުގައި ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގަންނަވަނީ: ފޮޓޯ | އެމްޑީޕީ[/caption]

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ފެލިދޫ އަށް ވަޑައިގެން ވާހަކަދައްކަވަނީ --- ފޮޓޯ | އެމްޑީޕީ"އިރާދަކުރެވިއްޔާ ސެޕްޓެމްބަރު 9ގައި ބާއްވާ ރިޔާސީ އިންތިހާބު ކުރިޔަށްވުރެ ވެސް ރަނގަޅަށް، 2018ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ނަތީޖާ އަށްވުރެވެސް ރަނގަޅަށް އަޅުގަނޑުމެން ކާމިޔާބު ކުރާނަން،" ޔަގީންކަމާއެކު އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދެހާސް އަށާރަވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ރައީސް ސޯލިހު ކާމިޔާބު ކުރެއްވީ 134,705 ވޯޓުންނެވެ. އެއީ ވޯޓުލީ މީހުންގެ 58 ޕަސެންޓަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ.