އެމްޑީޕީން ވަކިވެވަޑައިގެންނެވި މެންބަރުންތަކެއް އުފެއްދި ސިޔާސީ ޕާޓީއެއް ކަމަށްވާ ދަ ޑިމޮކްރެޓްސް އަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސޮއި ކުރައްވައިފިއެވެ.
ނަޝީދު ޑިމޮކްރެޓުންނާއި ގުޅިވަޑައިގަތީ މިހާރު އާޓްފިޝަލް ބީޗުގައި ދަ ޑިމޮކްރެޓްސް އިން ބާއްވަމުން އަންނަ ޖަލްސާއެއްގައެވެ. މި ޖަލްސާ އަކީ ނަޝީދު ޑިމޮކްރެޓްސް އަށް ސޮއި ކުރުމަށް ބޭއްވި ހާއްސަ ޖަލްސާއެކެވެ.
ޑިމޮކްރެޓްސް އަކީ ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދި ސިޔާސީ ޕާޓީއެކެވެ. ނަޝީދު ވަނީ ޑިމޮކްރެޓުން އުފެއްދުމުގެ ޖަލްސާގައި ވެސް ބައިވެރިވެވަޑައިގަންނަވާފައެވެ.
https://twitter.com/HKurusee/status/1679525670513156097?s=20
ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މި ފަހުން އެމްޑީޕީގެ ރައިސްކަމުން ވަކިވެވަޑައިގެންނެވި ނަޝީދު އެ ދުވަހު ވިދާޅުވީ ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ބޮޑު ބައި ކަމާއި މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.
"ތިބޭފުޅުންނަކީ ކުރީގެ އެމްޑީޕީގެ 80 ޕަސެންޓް" ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ފަހަތުގައި ހުންނެވި ކަމަށް ބެލެވޭ ނަޝީދު ވިދާޅުވިއެވެ. ނަޝީދު އެމްޑީޕީން ވަކިވެވަޑައިގަތީ މިދިޔަ މަހުގެ 21ވަނަ ދުވަހުއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން