ހިތަދޫ ކޯޓުގެ މެޖިސްޓްރޭޓު ރަފީއުއްދީން އަހްމަދުގެ މައްޗަށް އަނެއްކާވެސް ސުލޫކީ މައްސަލައެއް ސާބިތުވެއްޖެއެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބުނީ، އަވަސްނިޔާގެ އަޑުއެހުމުގައި މައްސަލައެއްގައި ބަޔާންތަކުގައި ސޮއިކުރެވިފައިނުވާތީ، އެހެން ދުވަހަކަށް ހުކުމް ކުރުމަށް ތާވަލުކުރާނެ ކަމަށް ޝަރީއަތުން ބުނެ، ހުކުމްކޮށްފައިނުވާ ކަމަށެވެ.
ޖޭއެސްސީން ބުނީ އެ މައްސަލައިގެ ހުކުމް ކުރުމަށް ތާވަލުނުކޮށް 1 އަހަރާއި 5 މަހާއި 19 ދުވަސް ހޭދަކޮށް، އެއަށްފަހު ހުކުމް ކުރުމަށް ތާވަލުކޮށް، ދައުވާ ލިބޭ ފަރާތް ރަށުގައި ނެތުމުގެ ސަބަބުން ހުކުމް ކުރުމުގެ މަޖިލިސް ކެންސަލް ކުރުމަށްފަހު މައްސަލައިގެ ހުކުމް ނުކޮށް، ވަނިކޮށް، ޕްރޮސިކިއުޓަރު ޖެނެރަލްގެ އޮފީހުން މައްސަލަ އަނބުރާ ފޮނުވައިދިނުމަށް އެދުމުން މައްސަލަ އަނބުރާ ފޮނުވައިދީފައިވާކަން އެނގެން އޮތް ކަމަށެވެ.
އެހެންކަމުން ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މިޤަޟިއްޔާގެ ޙުކުމް ކޮށްފައި ނުވަނީ މެޖިސްޓްރޭޓް ރަފީޢުއްދީން އަޙްމަދުގެ އިހުމާލެއް އޮވެގެން ކަމަށް ސާބިތުވާ ކަމަށް ޖޭއެސްސީން ބުންޏެވެ.
މިދިޔަ މަހު ވެސް ރަފީއުއްދީންގެ މައްޗަށް ސުލޫކީ މައްސަލައެއް ސާބިތުވެ ނަސޭހަތް ދީފައިވެއެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ