ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް ޔާމީންގެ އެދިލެއްވުމުގެ މަތީން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކުރައްވައިފިއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މިވަގުތު ލީޑު ކުރައްވަމުން އަންނަ ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޕީޕީއެމްގެ ރައީސްގެ ލަފާފުޅާ އިރުޝާދުގެ މަތިން، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއެކު މުހިއްމު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ.
https://twitter.com/Banafsaa/status/1678697831853617152?s=20
މި ބައްދަލުކުރެއްވުން އޮތް ކަމަށް ބެލެވެނީ ގާސިމްގެ ރިސޯޓު ސަން އައިލެންޑުގައެެވެ.
ޖޭޕީން ވެސް ވަނީ އެ ބައްދަލުވުމާއި ގުޅޭ ގޮތުން ވެސް ޓްވީޓެއް ކުރައްވާފައެވެ. އެ ޓްވީޓުގައި ބުނެފައި ވަނީ ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން ޕީޕީއެމް, ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން އިން އެޕާޓީގެ ލީޑަރު ގާސިމާ ބައްދަލުކުރައްވާފައިވާ ކަމަށެވެ.

މި ދެ ޕާޓީ އަކީ ވެސް ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ނިކުންނަން ނިންމައިފައެވެ. އެގޮތުން ގާސިމް އަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓެވެ. ޔާމީނަކީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓެވެ. ނަމަވެސް މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ ޔާމީން ވަނީ 11 އަހަރަށް ޖަލަށް ހުކުމް ކޮށްފައެވެ.