ސަރުކާރުގެ ހުރިހާ އިދާރާތަކެއްގެ ހިދުމަތް އެއްތަނަކުން ލިބޭ ގޮތަށް ފަރުމާ ކޮށްފައިވަ ޕޯޓަލް "ވަންގަވް" އިފްތިތާހްކޮށްފިއެވެ.
މި ޕޯޓަލް އިފްތިތާހް ކޮށްދެއްވީ އެކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.
ވަންގަވް އަށް ލޮގިން ކުރެވެނީ "އީފާސް" މެދުވެރިކޮށެވެ. މިއަދު ވަންގަވް އިފްތިތާހުކޮށްފައި ވަނީ 6 އިދާރާއެއްގެ ހިދުމަތްތަކާ އެކުގައި ކަމުގައިވިޔަސް އެ ހިދުމަތް ފުޅާކުރެވި ސަރުކާރުގެ ހުރިހާ އިދާރާތައް އޭގެ ތެރޭގައި ހިމެނިގެންދާނެއެވެ.
ވަންގަވްގެ ހިދުމަތްތައް ހޯދުމުގައި އެހީތެރިކަމަށް ބޭނުންވެއްޖެ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސަޕޯޓް ސެންޓަރުތައް ރާއްޖޭގެ 3 ސަރަޙައްދެއްގައި ގާއިމްކޮށްފައިވެއެވެ. އެގޮތުން އެތަންތަނަށް ގޮސްގެންނާއި ކޯލް ސެންޓަރު މެދުރިކޮށް އަދި އޮންލައިންކޮށް އެހީތެރިކަން ހޯދޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ވަންގަވްގެ ތެރެއިން ލިބޭ ލުއިފަސޭހަތަކުގެ ބޭނުން ހިފުމަށް ވީހާވެސް ގިނަ ރައްޔިތުން "އީފާސް" ހެދުމަށް އިލްތިމާސްކުރައްވާފައެވެ.
ވަންގަވްގެ ހިދުމަތާއެކު ޒަމާނުއްސުރެ ހިދުމަތްތައް ހޯދުމަށް ކަނޑުހުރަސްކޮށް ދަތުރުކޮށް އިދާރާތަކަށް ދާން ޖެހޭ ޖެހުމާއި ބޭނުންވާ ހުރިހާ މައުލޫމާތެއް ލިބޭގޮތް ނުވުމާއި ހިދުމަތްތައް ހޯދުމަށް ފޯމުތައް ޕްރިންޓްކޮށް އުފުލަންޖެހޭ ތަކުލީފުތަކަށް ލުއި ލިބިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި