ސެޕްޓެމްބަރު މަހު ނުވަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި 604 ވޯޓުފޮށި ބަހައްޓާގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމައިފިއެވެ.
އެކަން ހާމަކޮށްފައިވަނީ އީސީގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރި ޓްވީޓެއްގައެވެ. އިންތިހާބުގައި ބޭރުގެ އަށް ގައުމެއްގައި 13 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ. އަވަށްޓެރި އިންޑިއާގެ ނިއުދިއްލީ އަދި ޓްރިވަންޑުރަމްގައި ވޯޓު ފޮށިތައް ބަހައްޓަން ހަމަޖެހިފައިވެއެވެ.
https://twitter.com/IsmailHabeeb/status/1678239509945929730
އީސީން ބުނީ އަތޮޅުތަކުގައި 319 ވޯޓު ފޮއްޓެއް ބަހައްޓަން ހަމަޖެހިފައިވާއިރު ރިސޯޓުތަކުގައި 78 ވޯޓު ފޮށި ބަހައްޓާނެއެވެ. ހުޅުމާލެ ފޭސް އެކަކާއި ދެއެއްގައި ޖުމްލަ 39 ވޯޓު ފޮއްޓެއް ބަހައްޓާނެއެވެ.
އީސީން ބުނީ ރީ-ރަޖިސްޓްރޭޝަނަށް ފަހު، ވޯޓުފޮށިތަކުގެ ޢަދަދަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ރަށާއި، ތަންތަނުގެ ތަފްސީލް މިރޭ އިޢުލާން ކުރާނެ ކަމަށް އީސީން ބުންޏެވެ.
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި
ގާނޫނާ ހިލާފަށް ކުނި އުކަމުންދިޔަ ދެ ބިދޭސީން ހިފަހައްޓައިފި
ހދ. އަތޮޅުގެ ރަށްތަކުން ބޯޑެއް އެކުލަވާލުން ހުއްޓާލަން އަންގައިފި