ރިޔާސީ ކެމްޕެއިން ދަތުރުތަކުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުން ކުރައްވަމުން ގެންދަވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއް ކަމަށް އެމްޑީޕީން ބުނެފިއެވެ.
ރައީސް ސޯލިހުގެ ކެމްޕެއިން ޓީމުން ބުނީ ޕާޓީގެ އެތެރޭގައި ބޭއްވި ރިޔާސީ ޕްރައިމަރީ ކެމްޕެއިނުގައި ވެސް ރައީސް ބޭނުން ކުރެއްވީ ކުއްޔަށް ހިފާފައިވާ ލޯންޗެއް ކަމަށެވެ. އެ ޓީމުން ބުނި ގޮތުގައި ރިޔާސީ ކެމްޕެއިނުގައި ވެސް ރައީސް ބޭނުން ކުރައްވަނީ ކުއްޔަށް ހިފާފައިވާ ލޯންޗެއް ކަމަށެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަންނަނީ އެކަމުގެ ސަބަބުން އެކަނިވެސް ރައީސް ސޯލިހާއި މީގެކުރީގެ ސަރުކާރުތަކާއި ތަފާތުކަން ފާހަގަކުރައްވާފައެވެ. އެގޮތުން އެހެން ރައީސުން ރިޔާސީ ކެމްޕެއިނުތަކުގައި ދައުލަތުގެ އުޅަނދުތައް ބޭނުން ކުރެއްވި ނަމަވެސް ރައީސް ސޯލިހު އެ ބޭފުޅުންނާއި ތަފާތު ކަމަށް ރައީސް ވިދާޅުވިއެވެ.
ރިޔާސީ ކެމްޕެއިނުތަކުގައި ދައުލަތުގެ މުދަލާއި ވަސީލަތްތައް ބޭނުން ކުރުމަކީ މަނާ ކަމެކެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން