ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ނިކުމެވަޑައިގެން ހުންނެވީ 77،000 މެންބަރުންނާއެކު ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
މިއަދު އިއްޒުއްދީން ސްކޫލްގައި ބޭއްވި އެމްޑީޕީގެ ކެމްޕޭން މޯޓިވޭޝަނަލް ސެޝަންގައި ވާހަކަދައްކަވަމުން 2018ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބުން ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި ކުރީގެ ރައީސް ޔާމީނަށް އެ އިންތިހާބުން 98،000 ވޯޓު ލިބިވަޑައިގަތީ 40،000 މެންބަރުން ތިބި ސިޔާސީ ޕާޓީއަކާއެކު ނިކުމެވަޑައިގެން ކަމަށެވެ.
ކުރިޔަށް އޮތް އިންތިހާބުގައި ވާދަކުރައްވަން ނިކުމެވަޑައިގެން ހުންނެވީ އެންމެ ބޮޑު ކޯލިޝަނާއެކު ކަމަށް ރައީސް ވިދާޅުވިއެވެ.
އެމްޑީޕީން ވަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އަދާލަތު ޕާޓީ އަދި އެމްޑީއޭއާއެކު ކޯލިޝަން ހަދައިފައެވެ. މީގެތެރެއިން އެންމެ މެންބަރުން ގިނައީ އެމްޑީޕީގައެވެ. އެއީ 58،035 މެމްބަރުންނެވެ. އެމްޑީއޭގައި 10،277 މެމްބަރުން ތިބިއިރު އަދަލާތު ޕާޓީގައި 9،595 މެމްބަރުން އެބަ ތިއްބެވެ.
އެހެންކަމުން ރައީސް ވަނީ އެކުގައި މަސައްކަތް ކުރެވިއްޖެ ނަމަ އެއްބުރުން އިންތިހާބު ކާމިޔާބުވާނެ ކަމަށް ވިދާޅުވެފައެވެ.
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ސައުދާ އަށް އާޒިމް: ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ