ހުޅުމާލެ ފުރަތަމަ ފިޔަވަހި ސެންޓްރަލް ޕާކު ކައިރީގައި “ކޭޕާކް ރެޒިޑެންސް” ގެ ނަމުގައި ހަދަމުން އަންނަ ފްލެޓުތައް މަކަރާއި ހީލަތުން ވިއްކި ކަމަށް ބުނާ މައްސަލައާ ގުޅިގެން އެ މަޝްރޫއު ހިންގާ ހަމްބޯ މޯލްޑިވްސް ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ)ގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން މަންޑޭ އިއްޔެ ވަގުތެއްގައި ހައްޔަރު ކޮށްފައިވާއިރު އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިފައެވެ.
މަންޑޭ ހައްޔަރު ކޮށްފައި ވަނީ މީގެކުރިން ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓާފައިވާ އޭނާގެ ޕާސްޕޯޓު އިއްޔެ ކްރިމިނަލް ކޯޓުން ދޫކޮށްލުމާއި ގުޅިގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ޕާސްޕޯޓު ދޫކޮށްލުމާއެކު ރާއްޖެ އިން ބޭރަށް ދިއުމަށް މަންޑޭ ވަނީ މަސައްކަތް ކޮށްފައެވެ.
ކުންފުނީގެ މައި ހިއްސާދާރަށް ނޭންގި މަކަރާ ހީލަތުން ކޭޕާކް ފްލެޓުތައް ވިއްކި ކަމަށް ބުނާ މައްސަލަ އެންމެ ފުރަތަމަ ފުލުހުންނަށް ހުށަހެޅީ ހަމްބޯ ކުންފުނީގެ ދެން ހުންނަ ހިއްސާދާރު ޝިއުން ޖިންއާއެވެ. ހަމަ މި މައްސަލަ އާބަންކޯގެ ފަރާތުން ވެސް މިހާރު ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.
އާބަންކޯ އިން ބުނީ “ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ” ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ “ކޭޕާކް ރެސިޑެންސް” ގެ އެޕާޓްމަންޓުތައް ވިއްކުމުގައި، ސައްހަ ނޫން މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އެ ކުންފުނިން ހުށަހަޅަފައިވާ މައްސަލައާއި ގުޅިގެން، މިމައްސަލާގައި ފުރިހަމަ ތަހުގީގެއް ކޮށްދިނުމަށް އެދި، މޯލްޑިވްސް ޕޮލިސް ސާރވިސަސްއަށް މިކޯޕަރޭޝަނުން އިއްޔެ މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން މަންޑޭ ވަނީ އޭނާގެ އަމިއްލަ ދިފާއުގައި ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި މަންޑޭ ވިދާޅުވެފައި ވަނީ އެކަމަކީ ޖިން ޝުހޫގެ ރޭވުމެއްގެ ދަށުން މަންޑޭގެ އަބުރު ކަތިލުމަށް ކުރަމުން އަންނަ މަސައްކަތެއް ކަމަށެވެ. އަދި ވިދާޅުވީ ޖިން ޝުހޫ އެކަން އެގޮތަށް ކުރަމުން ދަނީ ފްލެޓުތައް ވިއްކައިގެން ލިބުނު ފައިސާ ހިފައިގެން ރާއްޖެ އިން ފިލަން ކުރި މަސައްކަތް މަންޑޭ ނާކާމިޔާބު ކޮށްލުމުން ކަމަށެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު