ރައްޔިތުން މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ އިތުރު ޖަލްސާއެއް އަންނަ ހަފްތާގެ ހޯމަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވައި ދިނުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ މިދިޔަ މަހުގެ 22ވަނަ ދުވަހު ހުށަހަޅާފައެވެ.
ޖަލްސާ ބާއްވަން އެދޭ ސަބަބު:

މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލަ އަދި އިތުރު ޖަލްސާތައް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމުގެ މައްސަލަ އަދި އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް
މަޖިލީހުގެ ރައީސާ ނައިބު ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އާއި ގުޅިގެން އިތުރު ޖަލްސާތަކެއް ބާއްވަން ޖެހޭނަމަ އެ ޖަލްސާތައް

އެމްޑީޕީ އަށް ނިސްބަތްވާ 29 މެންބަރަކު ސޮއިކޮށް ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވައި ދިނުމަށް ހުށަހެޅުމުން މިމަހުގެ ތިންވަނަ ދުވަހު ޖަލްސާ އެއް ވަނީ ބާއްވައިފައެވެ. އެހެންނަމަވެސް އެ ދުވަހުގެ ޖަލްސާއެއް ކުރިޔަކަށް ނުގެންދެވުނެވެ. އެދުވަހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ ވިލިފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

އަފީފް ވިދާޅުވީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލަ އެޖެންޑާގައި ހިމަނާފައިވީ ނަމަވެސް އެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ގޮތެއް ނެތް ކަމަށެވެ.

ސަބަބެއްގެ ގޮތުގައި އަފީފް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އެމްޑީޕީގެ މެންބަރުކަމުން ވަކިވެވަޑައިގެންފައި ވާތީ، މަޖިލީހުގައި މެންބަރުން އެކުލެވިގެންވާ ގޮތަށް އަނެއްކާވެސް ބަދަލުތަކެއް އައިސްފައިވާތީ ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އެ ދުވަހުގެ ޖަލްސާ ނިންމާލިއެވެ.

އަންނަ ހަފްތާގެ ހޯމަ ދުވަހަށް އިތުރު ޖަލްސާއެއް އެޖެންޑާ ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ހިމެނިވަޑައިގަންނަވ ސިޔާސީ ޕާޓީތަކަށް ނިސްބަތްވެވަޑައިގަންނަވާ މެންބަރުންނާއ،ި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުން ތަމްސީލުކުރައްވާނެ ގޮތަށް ގެނެވޭ ބަދަލާ ގުޅޭ މައްސަލައެވެ.