ރާއްޖޭގެ އެކި ހިސާބުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގިނަ ރަށްތަކަކަށް ގެއްލުންވެއްޖެއެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖުްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރާއްޖޭގެ ބޮޑު ބަޔަކަށް މިހާރު ކުރަމުންދާ ވިއްސާާރާގައި ގިނަ ރަށްތަކަކަށް ގެއްލުން ވެފައިވާ ކަމަށެވެ.

ވިއްސާރަ އާއި އުދައިގެން ސަބަބުން ލިބުނު ބައެއް ގެއްލުންތައް:

ހދ. ކުޅުދުއްފުށި: އެއާޕޯޓް ސަރަހައްދަށް އުދައިގެ އަސަރުކޮށްފައިވޭ
ށ. ކޮމަންޑޫ: ބޯކޮށް ވާރޭވެހި ފެންބޮޑުވި/ އެއް ގެއަކަށް ގެއްލުންވި
ބ. މާޅޮހު: ފެންބޮޑުވެ ތިން ގެއަކަށް ގެއްލުން/ ގިނަ އަދަދަކަށް ގަސް ވެއްޓިގެން ރިޕޯޓްކޮށްފައިވޭ
ޅ. ނައިފަރު: ވާރޭ ވެހި ފެންބޮޑުވި/ ގަދަ ވަޔާއި ހެދި އެއް ގޭއްގެ ފުރާޅު އެއްލާލި
ހއ. އިހަވަންދޫ: އެއް ގެއެއްގެ ފުރާޅު އެއްލާލި/ފާރު މައްޗަށް ގަހެއް ވެއްޓި ގެއްލުންވި
ކ. މާފުށި، ކ. ދިއްފުށިަދި ކ. ތުލުސްދޫ: ރުއްގަސް ވެޓުމުގެ ހާދިސާ ހިނގާފައިވޭ
ފ. ފީއަލި: އެއް ގެއެއްގެ ފުރާޅު އެއްލާލައި ގެއްލުންވި
އއ ފެރިދޫ: މީހުން ދިރިއުޅޭ ގެއެއްގެ މައްޗަށް ބަނބުކެޔޮ ގަހެއްވެއްޓި ގެއްލުންވި/ ގޭގައި ދިރިއުޅޭ މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވޭ

މާދަމާ ހެނދުނު ދިހަޔަކާއި ހަމަޔަށް މޫސުން ލަފާކުރާ ގޮތުން އެކިހިސާބަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ވައި ޖެހޭނެ ކަމަށް ލަފާކުރެވެނީ ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 08 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.

ކަނޑު ގަދަވާނެ ކަމަށް ލަފާކޮށްފައިވާއިރު ރާޅުގެ އުސްމިން ހުންނާނީ ތިން ފޫޓާ ހަ ފޫޓާ ދެމެދުއެވެ. ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާއި ބެހޭ އިދާރާއިން މައުލޫމާތުދެއެވެ.