މަގުހަދަން ސަރުކާރުން އުފައްދާފައިވާ އާރްޑީސީ ކުންފުނީގެ ޗީފް ފައިނޭންޝިއަލް އޮފިސަރު ނާސިރު ހަސަން، އެ ކުންފުނީގެ އެކައުންޓުން އަމިއްލަ އެކައުންޓަށް ފައިސާތަކެއް ޖަމާކުރި ވާހަކަ ދޮގުކޮށްފިއެވެ.
އާރްޑީސީން އެހެން ބުނެފައިމިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓާ މޫސާ އަލި މަނިކާއި ނާސިރު ހަސަން ކުންފުނީގެ އެކައުންޓުން އަމިއްލަ އެކައުންޓަށް 13 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް ބުނެ އެ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރުމުންނެވެ.
އާރްޑީސީގެ ނެރުނު ބަޔާނެއްގައި ބުނީ އެފަދަ އެއްވެސް މުއާމަލާތެއް ނުވަތަ އެފަދަ މުއާމަލާތަކާ ގުޅުންހުރި މުއާމަލާތެއް ކުންފުނީގެ އެކައުންޓުން އެއްވެސް އިރެއްގައި ހިނގާފައިނުވާނެ ކަމަށެވެ.
އަދި އެ ކުންފުންޏަކީ ކޮންމެ އަހަރުވެސް އޮޑިޓް ކުރެވޭ ކުންފުންޏަކަށްވެފައި ފައިނޭންޝަލް ޕޮލިސީ އާއި ހިލާފަށް އެއްވެސް މުއާމަލާތެއް ނުވަތަ އެފަދަ އެއްވެސް މައްސަލައެއް ފާހަގަކުރެވިފައި ނެތް ކަމަށެވެ. އާރްޑީސީން ބުނީ ނޫސްތަކުން އެ ހަބަރު ގެނެސްދީފައިވަނީ އާރްޑީސީގެ ބަހެއް ނުހޯދާ ކަމަށާއި މައްސަލައެއް ބަލަމުންދާކަން ފުލުހުން އެ ކުންފުންޏަށް އަންގާފައިނުވާ ކަމަށެވެ.
"އާރްޑީސީއާ ގުޅުންހުރި ފައިސާގެ މައްސަލައެއް ތަހުގީގުކުރަން ބޭނުންވާކަން އެމްއެމްއޭ އާއި ފުލުހުން މި ކުންފުންޏަކަށް އަންގާފައެއް ނުވޭ" އާރްޑީސީން ބުންޏެވެ.
އާރްޑީސީން ބުނީ ކުންފުނީގެ ހަރަދުތަކާއި ފައިސާގެ މުއާމަލާތަތައް ކުރަމުން ގެންދަނީ ރާއްޖޭގައި ހެދިފައިވާ މާލީ ގާނޫނުތަކާއި ގަވާއިދުތަކާއި އަދި ކުންފުނީގައި ހެދިފައިވާ ޕޮލިސީތކާއި އެއްގޮތަށް ކަމަށެވެ. އެހެންވެ ކުންފުނީގެ އެކައުންޓުން ވައްކަން ކޮށްގެން އެއްވެސް މުވައްޒަފެއްގެ އެކައުންޓަށް ފައިސާ ފޮނުވޭނެ އެއްވެސް މަގެއް ނޯއްނާނެ ކަމަށެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު