"ދިވެހީންގެ ކަންކަން ހެޔޮކުރުމުގައި ރަނގަޅުކުރުމުގައި ދިވެހީންނަށް ހައްގު މިންވަރު ހޯދައިދިނުމުގެ މަސައްކަތުގެ ނިޔަތްގަތުން އެއީ އެއްވެސް ޝައްކެތް ނެތް ގޮތުގައި ސިޔާސީ ޕާޓީގެ މަގްސަދު، ޑިމޮކްރެޓްސްގެ މަގްސަދު" އިލެކްޝަން ކޮމިޝަނުން އެންމެ ފަހުން އުފައްދަން ހުއްދަ ދިން ސިޔާސީ ޕާޓީ ދަ ޑިމޮކްރެޓްސްގެ ޕޯޑިއަމްގައި ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެއްޓެވީ އެ ހިސާބުންނެވެ.

އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއްވެގެން ވުޖޫދަށް ގެންނަން މަސައްކަތްކުރާ ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މި ފަހުން އެމްޑީޕީގެ ރައިސްކަމުން ވަކިވެވަޑައިގެންނެވި ނަޝީދު ވިދާޅުވީ ދަ ޑިމޮކްރެޓްސް އަކީ އެމްޑީޕީގެ ބޮޑު ބައި ކަމާއި މެދު އެމަނިކުފާނު ޝައްކު ނުކުރައްވާ ކަމަށެވެ.

[caption id="attachment_54767" align="alignnone" width="1280"] ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ޖަލްސާގައި ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ / ހަތާވީސް[/caption]

"ތިބޭފުޅުންނަކީ ކުރީގެ އެމްޑީޕީގެ 80 ޕަސެންޓް" ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ފަހަތުގައި ހުންނެވި ކަމަށް ބެލެވޭ ނަޝީދު ވިދާޅުވިއެވެ. އެއަށް ފަހު އެމަނިކުފާނު ކިޔަންފެށީ ސަރުކާރަށް ފާޑެވެ. ވިދާޅުވީ ޝަރުއީ ނިޒާމަށް ކުރަމުން އައި އުއްމީދު ފަނޑުވެ ހިނގައްޖެ ކަމަށެވެ. މިނިވަން މުއައްސަސާތަކަށް ކުރަމުން އައި އުއްމީދު ނާކާމިޔާބުވެ އިންސާފުވެރި ގޮތުގައި ދައުލަތުގެ މާލިއްޔަތު ބަލަހައްޓާނެ ކަމުގެ އުއްމީދުވެސް މުޅިން ފަނޑުވެ ހިނަގައްޖެ ކަމަށެވެ.

"ފައިސާ، ދެ ފުށް ފެންނަ ގޮތުގައި ނޫނީ ހަރަދުނުކުރާނެ ކަމަށްވަމުން އައި ވައުދު ގެއްލިގޮސްސި" ކުރީގެ އެންމެ ގާތް އެކުވެރިޔާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ބަހުގެ ހަމަލާތައް ފޮނުއްވަމުން ވިދާޅުވިއެވެ.

އެއަށް ފަހު ކުރީގެ ރައީސްކަންވެސް ކުރެއްވި ނަޝީދު ވިދާޅުވީ ވެރިން ގާތުން ރައްޔިތުން އެދެނީ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ. ރައްޔިތުން އެދެނީ އެ ރައްޔިތުންގެ ކަންކަމާއި ހޮވާފައި ތިބި މީހުން ވައުދުތައް ފުއްދުން ކަމަށެވެ.

[caption id="attachment_54768" align="alignnone" width="1280"] ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން: ފޮޓޯ / ހަތާވީސް[/caption]

"އެމީހުންގެ އާމްދަނީ އިތުރުކޮށް ދިނުން، އެ މީހުންގެ ދިރިއުޅެން މިއަދަށް ލުއިކުރެވޭނެ ގޮތެއް ހޯދައި ދިނުން. މިއީ ޑިމޮކްރެޓުންގެ އަމާޒަކީ" ނަޝީދު ވިދާޅުވިއެވެ. އަދި ވިދާޅުވި ދަ ޑިމޮކްރެޓްސް މަސައްކަތްކުރާނީ ރައްޔިތުންނަށް ހެޔޮގޮތެއް ހޯދައިދޭން ކަމަށެވެ.

ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލައްވާތީވެ އެކަމަށް ފާޑުކިޔަމުން ނަޝީދު ވިދާޅުވީ ދެވަނަ ދައުރަކަށް "ފެންބޮވައިގެން" އުޅުއްވާ ހަމައެކަނި ބޭފުޅަކީ ރައީސް ސޯލިހު ކަމަށެވެ. "ވެރިކަމުގެ ލައްޒަތާއި ވެރިކަމަށްޓަކައި އެކަނި ދެވަނަ ދައުރެއްގެ އުއްމީދުގައި އެކަނި ކަންކަން ކުރަމުން ދިޔުމުގެ އުއްމީދު އެއީ ޝައްކެތް ނެތް ގޮތުގައި ދިވެހިންނަށް ފައިދާވާނެ ގޮތެއް ނޫން" ނަޝީދު ވިދާޅުވިއެވެ.

މިރޭގެ ޖަލްސާގައި ނަޝީދު ވަނީ މަނީލޯންޑަރިން ކުށް ސާބިތުވެ ޖަލު ހުކުމެއް ތަންދީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީން މިނިވަން ކުރަން ނުސީދާ ގޮތަކަށް ގޮވާލައްވާފައެވެ.