ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން މިއަދު ބުނީ ހއ. އަތޮޅުން ފެށިގެން ބ. އަތޮޅުގެ ރަށްތަކާއި ހަމައަށް މޫސުން ގޯސް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުތަކަށް ވަނީ ޔެލޯ އެލާޓު ނެރެފައެވެ.
މެޓުން އެލާޓު ނެރެފައި ވަނީ ހެނދުނު 11:00 އިން ފެށިގެން މެންދުރުފަހު 15:00އާ ހަމައަށެވެ.
މެޓުން ބުނީ އެވަގުތުތަކުގައި ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 50 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް މެޓުން ބުންޏެވެ.
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ
މަރުގެ އަދަބު ތަންފީޒު ކުރުމުގެ ބިލް މި ދައުރު މަޖިލީހަށް ހުށަހަޅާނެ
ރައްޔިތުން މަޖިލީހުގެ ވަކި ޕަސެންޓެއް ޒުވާނުންނަށް ހާއްސަކުރަނީ
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ