ގައުމީ ރަސްމީ ފުޓުބޯޅަ ދަނޑުގެ ގޮތުގައި މިހާރު ބޭނުން ކުރާ ދަނޑު ތަޅާލުމަށްފަހު އަލަށް އެތަނުގައި އިމާރާތެއް އެޅުމަށް ނިންމާ އެތަނުގެ ކުރެހުންތައް މިދިޔަ އަހަރުގެ ތެރޭގައި އާއްމުކުރިއެވެ. އެ މަސައްކަތަކީ އިންޑިއާގެ އެލްއޯސީގެ ދަށުން ބަޖެޓު ކުރެވިގެން ކުރިއަށްދާ މަސައްކަތެކެވެ. އެހެންނަމަވެސް ކުރެހުންތައް އާއްމުކުރިތާ އަހަރެއް ވެގެން ދިޔައިރު ވެސް އެ މަސައްކަތް ފެށިފައެއް ނުވެއެވެ. އެކަމުގެ ފާޑު ކިޔުންތައް ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި އަންނަނީ ފާޅުކުރަމުންނެވެ.
މިދިޔަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ ބަޖެޓުގައި ވެސް ގަލޮޅު ދަނޑުގެ ތަރައްގީ އަށް ފައިސާ ކަނޑައަޅާފައިވެއެވެ. އެގޮތުން މިއަހަރުގެ ބަޖެޓުގައި ގަލޮޅު ދަނޑުގެ ތަރައްގީ އަށް 55 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.
https://twitter.com/waddey_/status/1675897404489629697?s=20
ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފު އިއްޔެ ވަނީ އެކަމާއި ގުޅިގެން ސަރުކާރަށް ކިޔާ ފާޑު ކިޔުންތަކަށް ރައްދު ދެއްވާފައެވެ. ކުރެއްވި ޓްވީޓެއްގައި އެންމެ ފުރަތަމަވެސް ވިދާޅުވީ އެކަމާއި މެދު ރައްޔިތުން ޝައްކު ނުކުރެއްވުމަށެވެ.
https://twitter.com/IbrahimShujaau/status/1675947264588804096?s=20

"އިންޑިއާގެ އެލްއޯސީގެ ދަށުން ގާއިމްކުރާ ގަލޮޅު ދަނޑު، ހަތަރު ސިންތެޓިކް ޓްރެކް (ތިނަދޫ، ފުވައްމުލައް، ހިތަދޫ އަދި ކުޅުދުއްފުށި)، 3 ކޯޓުގެ ވޮލީބޯލް އިންޑޯ، 3 ކޯޓުގެ ނޭޝަނަލް ބާސްކެޓްބޯލް އެރީނާ އަދި ނެޝަނަލް ޓީޓީ ސެންޓަރު ގާއިމްކުރަން ޓެންޑާކޮށް ބިޑު ނެގުން މިމަހު 16 ގައި އެބައޮތް،" އެކަމަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.

https://twitter.com/AhmedMahloof/status/1676226058000171008?s=20

މިނިސްޓަރު ވިދާޅުވީ އިންޑިއާ އިން ދޭންޖެހޭ ފައިސާ ކަމަށްވާ 42 މިލިއަން ޑޮލަރު މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އަދި ގަލޮޅު ދަނޑުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ނިންމާވީ ވެސް އެމަނިކުފާނުގެ ވެރިކަމުގައި ކަމަށްވެސް ވިދާޅުވިއެވެ.

[caption id="attachment_49978" align="alignnone" width="1620"] ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަހްލޫފު ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް[/caption]

"ގަލޮޅު ދަނޑު ތަޅާލެވޭނީ ހުޅުމާލޭގައި ކުޅެވޭނެ އިންތިޒާމެއް ހަމަޖައްސާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

[caption id="attachment_54715" align="alignnone" width="1599"] ރަސްމީ ފުޓުބޯޅަ ސްޓޭޑިއަމް އަލުން ތަރައްގީ ކުރެވޭއިރު އެތަން ހުންނާނެ ގޮތުގެ ކުރެހުން ---[/caption]

މިނިސްޓަރު މަހްލޫފު ފާހަގަކުރެއްވި ގޮތުގައި ކުޅިވަރު ވަސީލަތްތައް ގާއިމްކުރުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު އޮތީ "މުޅިން އެހެން ލެވަލްއެއްގަ"އެވެ.