ކ. ގުޅީފަޅުގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ފައްޓަވައި ދެއްވައިފިއެވެ.
ސަރުކާރުން މި މަސައްކަތް ކުރުމަށް ހަވާލު ކޮށްފައިވާ ކުންފުންޏަކީ ގުޅީފަޅު މީގެކުރިން ވެސް ހިއްކި ކުންފުނި ކަމަށްވާ ނެދެލޭންޑްސްގެ ބޮސްކާލިސް ކުންފުންޏެވެ.
ޕްލޭނިން މިނިސްޓްރީން ބުނެފައިވާ ގޮތުން ގުޅީފަޅު ދެވަނަ ފިޔަވަހި ހިއްކުމަށް 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި ފަޅަށް އަޅާނެއެވެ. ހިއްކާ ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓްވެސް ޖަހާނެއެވެ.
އެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޕްރޮޖެކްޓު މެނޭޖަރު މަހްޖޫޖް ޝުޖާއު ވިދާޅުވީ ގުޅީފަޅު ތަރައްގީ ކުރުމުގެ ރަނގަޅު ތަސައްވަރެއް އެއްވެސް ސަރުކާރަކުން ގެންގުޅެފައި ނުވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ މަސައްކަތް ކުރަން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޕްރޮޖެކްޓުގެ މަސައްކަތް ނިމިގެންދާއިރު ޖުމްލަ 150 ހެލްޓަރުގެ ބިން ގުޅީފަޅަށް އިތުރުވެގެން ދާނެ ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގައި މިހާތަނަށް ހިންގޭ ބިން ހިއްކުމުގެ އެންމެ ބޮޑު އެއް މަޝްރޫއު" މަހްޖޫޖް ވިދާޅުވިއެވެ.
ދެހާސްދިހަ ވަނަ އަހަރު ގުޅީފަޅުގެ ފުރަތަމަ ފިޔަވަހިވެސް ހިއްކީ ބޮސްކާލިސް އިންނެވެ. އެކުންފުނިން ވަނީ 2019 ވަނަ އަހަރު ގުޅީފަޅުގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ގުޅޭ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.
ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު ގުޅީފަޅާ ގުޅުވާލުމަށް ނިންމާފައިވާ ސަރަޙައްދުވެސް ބޮސްކާލިސް އިން ހިއްކާފައިވެއެވެ.
ދެކުނުގެ ކަނޑު ބެލުމަށް ދަރުމަވަންތައާ ޑްރޯން ހަރަކާތްތެރިވަނީ
ފައިސަލް ހާމަކުރެއްވީ 10 ރިސޯޓުން ރައްޔިތުންނަށް ފައިދާ ނުދެވޭނެކަން
ރިޔާސީ ބަޔާނަކީ އިންތިހާބަށް، ރައްޔިތުންނަށް ދެއްކި ނަނާ ހުވަފެނެއް
މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެނައުމުގެ ސިޓީގައި ސޮއިކޮށްފި
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި